ބ. އަތޮޅަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 26 އަހަރުގެ ފިރިހެނެވެ.
ފުލުހުން ބުނިގޮތުގައި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި އަތޮޅަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ބ. އޭދަފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ބުދަ ދުވަހު ހިންގި އޮޕަރޭޝަނުގައި ބ. ގޮއިދޫންނެވެ
ފުލުހުން ބުނީ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަސް ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 122 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.
މި މައްސަލަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.
Dhuniyeyge Gina gaumuthakuga drug trafficking GA Marge adhabudhevey Malaysia airports GA hunnaane Marge adhabuge board bahattaafa