މިދިޔަ އަހަރު ބޭއްވި ކޭމްބްރިޖް އޯ-ލެވެލް އިމްތިހާނުގައި ރާއްޖެއިން އެންމެ ރަނގަޅު ދިހަ ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެގާރަ ކުއްޖަކު ހިމެނިއްޖެ އެވެ.
އޯލެވެލްގެ ގަދަ ދިހައެއް އިއުލާން ކުރުމަށް ރޭ ދަރުބާރު ގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އަށް މާއްދާއިން އޭ ފާސް ހޯދައިގެން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރަކު ވަނީ އެއްވަނަ ހާސިލްކޮށްފަ އެވެ. އެއީ އޭދަފުށީ ޑޭޒީވިލާ ޔަމާން އަހްމަދު އާއި ރ. ފައިނު އޯކިޑްމާގޭ ފާތުމަތު ޝާޒްލީން އެވެ.
މީގެ އިތުރުން ގަދަ ދިހައެއްގެ ދެ ވަނައިގައި އޭދަފުށީ ބްލޫ ޑައިމަންޑް އައިޝަތު ރަތީބާ މުހައްމަދު އާއި، ހަލީމާ މަންޒިލް އާމިނަތު ރަޝީދާ އާއި ތިން ވަނައިގައި އޭދަފުށީ ސަދުބަރަކަމާގެ މުހައްމަދު ރާއިފް އިބްރާހިމް އާއި ހަތަރު ވަނައިގައި އޭދަފުށީ ފެހިވިނަ ނޫރުލް ހުދާ އަހްމަދު އާއި ފަސް ވަނައިގައި ބ. ފުޅަދޫ ރިހިވެލި އާއިޝަތު ހަނާ އާއި ހަ ވަނައިގައި އޭދަފުށީ ހަތިހާ ނާޝިޔާ ނާޒިމް އާއި ކާނޭޝަންމާގޭ ހަމްދާ އަބްދުﷲ އާއި ފުޅަދޫ އޯޝަންވިލާ މަރިޔަމް ޝަހީދާ މުހައްމަދު އަދި ނުވަ ވަނައިގައި އޭދަފުށީ ދޭދަރުގޭ ހަފްނާ ޝަކީބް ވަނީ ހިމެނިފަ އެވެ.
މިއީ މިހާތަނަށް އޯ-ލެވެލް އިންތިހާނުން އެ މަރުކަޒުގެ ގިނަ ދަރިވަރުންތަކެއް ގަދަ ދިހައެއްގައި ހިމެނުމުގެ ފުރަތަމަ ފަހަރެވެ. 2011 ވަނަ އަހަރު އޯ-ލެވެލް އިމްތިހާނުން ގަދަދިހައަކަށް އަރާފައިވަނީ އެ މަރުކަޒުގެ ހަތް ދަރިވަރުންނެވެ.
ރަނގަޅު މަސައްކަތެއް… އަންނަ އަހަރު މިއަށްވުރެ ގިނަކުދިން ގަދަ 10 ގައި ހިމެނޭނެ ކަމަށް އުއްމީދު ކުރަން<
މަރުހަބާ ޑެނީ.. ޕްރައުޑް އޮފް ޔޫ.. (ޔޫނޯމީ)
މަރުހަބާ…
ކޮންގްރާ……..:) ހޑ
ކާމިޔާބު ހޯދި ހުރިހާ ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިން އަދި ބއތމ ގެ ހީވާގި މުޥައްޒަފުންނަށް މަރުޙަބާ!
ކޮންގްރާ!