“އޭދަފުށި ފުޓްސަލް ޗެލެންޖް” ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވަނީ

ބާ އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗްގެ ތެރެއިން | ފޮޓޯ:އަނޫސް

އަންނަ ފިތުރު އީދު ބަންދުގައި އޭދަފުށީގައި “އޭދަފުށި ފުޓްސަލް ޗެލެންޖް” ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

އޭދަފުށީގެ ޒުވާނުންތަކެއް އިސްނަގައިގެން ބާއްވަން ނިންމާފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މި މުބާރާތް އިންތިޒާމްކުރާ ފަރާތުން އީޓީއަށް މައުލޫމާތު ދެމުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ އޭދަފުށި ޓީމްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫހް އާލާކުރުމާއި އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކުރުމެވެ.

މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުންވެސް -/750 ރުފިޔާގެ ޗަންދާއެއް މުބާރާތް އިންތިޒާމު ކުރާފަރާތަށް ދައްކަންޖެހެއެވެ. މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޙްއަކީ 22 ޖޫން ވާ ބުރާސްފަތި ދުވަހެވެ.

މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 9881530 އަށް ގުޅުމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ފިތުރު އީދު ދުވަހު ހެނދުނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.