ބީކޭ 21 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ގުރުނަގައިފި

ބީކޭ 21 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ގުރު ނެގުމުގެ ރަސްމީޔާތުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ.އޭދަފުށީގެ ޓީމުތަކަށް އަމާޒުކޮށްގެން އޭދަފުށީގައި އަންނަ ފިތުރު އީދުގައި ބަނަފްސާ ކަންމަތި (ބީކޭ) ގްރޫޕުން އިންތިޒާމްކޮށްގެން ބާއްވާ 21 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ގުރުނެގުމުގެ ރަސްމީޔާތު ބާއްވައިފިއެވެ.

މިރޭ ސަލްސާ ރިޓްރީޓް ގައި އޮތް ގުރު ނެގުމުގެ ރަސްމީޔާތުގައި މުބާރާތުގައި ބައިވެރިވާ 6 ޓީމު ވަނީ 2 ގްރޫޕަކަށް ބަހާލާފައެވެ.

ބީކޭ 21 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ގުރު ނެގުމުގެ ރަސްމީޔާތުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ގްރޫޕް “އޭ” ގައި ހިމެނެނީ ރާޅު ބޯއިޒް ، ޑައުންޓައުން އެފްސީ އަދި އިރުމަތި ލަވާރސް ޓީމެވެ.

ގްރޫޕް ބީ ގައި ހިމެނުނު ޓީމްތަަކީ ކިންގްސް ސްޕޯޓްސް ކްލަބް ، އެފްސީ ކިއު ޕީއެސް އަދި ފެއިމްސް ޔުނައިޓެޑްއެވެ.

ބީކޭ 21 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ގުރު ނެގުމުގެ ރަސްމީޔާތުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މުބާރާތުގެ ފުރަތަމަ މެޗުގައި 23 ޖޫން ވާ ދުވަހުގެ ރޭ ވާދަކުރާނީ ރާޅު ބޯއިޒް އާއި ޑައުންޓައުން އެފްސީއެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އިން 27 އަށް އޭދަފުށީ ފުޓްސަލް ދަނޑުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.