ދަރަވަންދޫ ރައްޔިތުންނަށް މުސްހަފު މާލްދީފް ބަހަން ފަށައިފި

ދަރަވަންދޫ ރައްޔިތުންނަށް މުސްހަފު މާލްދީފް ދޫކުރަނީ: ފޮޓޯ / ދަރަވަންދޫ ކައުންސިލް

ރާއްޖެއަށް ޚާއްސަކޮށްގެން “މުސްހަފް މާލްދީފް”ގެ ނަމުގައި ބަހުރައިން އިން ޗާޕްކޮށްގެން ގެނައި މުސްހަފު ދަރަވަންދޫ ރައްޔިތުންނަށް ދޫކުރަން ފަށައިފި އެވެ.

ދަރަވަންދޫ ކައުންސިލުން ބުނި ގޮތުގައި މުސްޙަފް މަހަލްދީބް އެރަށުގައި ދޫކުރަނީ 15 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނަށް ކަމަށެވެ. އެގޮތުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކުވެސް ކައުންސިލުން މުސްހަފް ދޫކުރަމުން ގެންދާނެ ކަަމަށް އެރަށު ކައުންސިލުން ބުނެޏެވެ.

ކޮންމެ ދިވެއްސަކަށް މުސްހަފެއް ދިނުމަށް ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން ފުރަތަމަ ބުރުގައި ގެނައި 100،000 ކޮޕީ ބަހައި ނިމޭއިރު ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް މުސްހަފުގެ ކޮޕީއެއް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މުސްހަފުގެ ބޭރުގަނޑާއި އެތެރޭގެ ކުރެހުންތަކާއި ލޭއައުޓްގައި، ހުކުރު މިސްކިތުގައި ހިމެނޭ އަތްތެރި މަސައްކަތުގެ ފަންނުވެރި ކުރެހުންތައް ވަނީ އެކުލަވާލައިފަ އެވެ. ރާއްޖޭގެ ބައެއް އާސާރީ މިސްކިތްތަކާއި ކުރެހުންތައް ހިމަނައިގެން ތައްޔާރުކުރި މުސްހަފްގެ މި މަޝްރޫއަކީ ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމްގެ ބެއްލެވުމުގެ ދަށުން ފެށި މަސައްކަތެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މާލޭ ސަރަހައްދާއި އަތޮޅުތެރޭ ދިރިއުޅޭ އުމުރުން 15-40 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ރައްޔިތަކަށް މިނިސްޓްރީން ހަމަޖައްސާ އުޞޫލުތަކުގެ ދަށުން މުސްހަފް ފޯރުކޮށްދޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.