ވެސްޓް ވިންގްސް ޕީއެސް (ފީފާ17) މުބާރާތް ނިންމުމުގެ ރަސްމީޔާތު ބާއްވައިފި

ޕީއެސް މުބާރާތް ނިންމުމުގެ ރަސްމީޔާތުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ވެސްޓް ވިންގްސް އޭދަފުށި ޖަމީއްޔާއިން އިންތިޒާމްކޮށްގެން މި ރަމަޟާން މަހު ކުރިޔަށްގެންދިޔަ ޕީއެސް (ފީފާ17) މުބާރާތް ނިންމުމުގެ ރަސްމީޔާތު ބާއްވައިފިއެވެ.

މިރޭ ބެއްލަ ވިސްޓާ ރެސްޓޯރަންޓްގައި ކުރިޔަށްގެންދިޔަ މި ރަސްމީޔާތުގައި މުބާރާތުގައި ބައިވެރިވި ހުރިހާ ފަރާތްކަަށް ވަނީ ސެޓްފިކެޓް ދީފައެވެ. އަދި އެއްވަނަ ، ދެވަނަ ، ތިންވަނަ އަށް ދިޔަ ފަރާތްތަކަށް ވަނީ ޓްރޮފީ އާއި ފައިސާގެ އިނާމްވެސް ހަވާލުކޮށްފައެވެ.

ޕީއެސް މުބާރާތް ނިންމުމުގެ ރަސްމީޔާތުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މި މުބާރާތުން އެއްވަނަ އަށް ދިޔަ ޝާދިން ޝަކީލް އަށް 3000 ރުފިޔާ އަދި ދެވަނަ އަށް ދިޔަ އަލީ ދިފްރާން އަށް 2000 ރުފިޔާ ދިން އިރު 3 ވަނަ އަށް ދިޔަ އިސްމާއިލް ނަސީރަށް ވަނީ 1000 ރުފިޔާ ދީފައެވެ.

މި މުބާރާތުގެ ޗެންޕިއަންކަން މިފަހަރުވެސް ހޯދާފައިވަނީ މިދިޔަ އަހަރުގެވެސް މި މުބާރާތުގެ ޗެންޕިއަން އަލީ ޝާދިންއެވެ. ދެވަނަ އަލީ ދިފްރާން ހޯދި އިރު 3 ވަނަ އަށް ގޮސްފައިވަނީ އިސްމާއިލް ނަސީރެވެ.

ޕީއެސް މުބާރާތް ނިންމުމުގެ ރަސްމީޔާތުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ވެސްްޓް ވިންގްސް އޭދަފުށި ޖަމީއްޔާއިން މައުލޫމާތުދެމުން ބުނި ގޮތުގައި އަންނަ އަހަރުވެސް މި މުބާރާތް ކުރިޔަށް ދާނެކަމަށާއި އަދި މިއަށްވުރެއް ފުރިހަމަކޮށް އަންނަ އަހަރުގެ މުބާރާތް ބޭއްވުމަށް މަސައްކަތް ކުރަމުންއަންނަކަމަށެވެ.

މިއީ މި މުބާރާތް ކުރިޔަށް ގެންދިޔަ 2 ވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.