ފިޔަވަތި އަށް ދިރާގުން ހައި ސްޕީޑް އިންޓަނެޓް ހިލޭ ދޭނީ

ފިޔަވައްޗަށް ދިރާގުން ދޭ އެހީ ރަމްޒީ ގޮތުން ހަވާލުކުރަނީ –ފޮޓޯ/ދިރާގު

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވަތި އަށް އެހީވުމުގެ ގޮތުން އެތަނުގެ ކޮމްޕިއުޓާ ލެބަށް ހައި ސްޕީޑް އިންޓަނެޓް ހިލޭ ދޭން ދިރާގުން ނިންމައިފި އެވެ.

ހައި ސްޕީޑް އިންޓަނެޓް ހިލޭ ދިނުމުގެ އިތުރުން އާ ކޮމްޕިއުޓަރު ސިސްޓަމްތަކަކާއި ލައިބްރަރީ އަށް ބޭނުންވާ ތަކެތި ވެސް ދިރާގުން އިއްޔެ ވަނީ ހަދިޔާކޮށްފަ އެވެ.

ޖެންޑާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތަކެތި ހަވާލުކޮށް ދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ.

ފިޔަވައްޗަށް ދިރާގުން ދޭ އެހީ ރަމްޒީ ގޮތުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން –ފޮޓޯ/ދިރާގު

މީގެކުރިން ވެސް ދިރާގުން ވަނީ ކުޑަކުދިންގެ ހިޔާއަށް އެކި ގޮތްގޮތުން އެހީތެރިކަން ދީފަ އެވެ. އެގޮތުން ބައެއް މުދައްރިސުންގެ ޚަރަދު ވެސް އެ ކުންފުނިން ކުރިން ވަނީ ދީފަ އެވެ.

މީގެކުރިން އެހެން ބައެއް ކުންފުނިތަކުން ވެސް ވަނީ ފިޔަވަތި އަށް އެކި ގޮތްގޮތުން އެހީތެރިކަން ދީފަ އެވެ. އެތަނުގެ ބައެއް މުވައްޒަފުންގެ އެއް އަހަރުގެ މުސާރަ ބައެއް ކުންފުނިތަކުން ވަނީ ސްޕޮންސާކޮށްފަ އެވެ. އަދި ފައިސާގެ އެކި އެހީތައް ވެސް ބައެއް ކުންފުނިތަކުން ދިނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.