މިނިވަން ޗެންޕިއަންޝިޕް ފައިނަލް ރައުންޑް ތިނަދޫ އަށާއި ކުޅުދުއްފުއްޓަށް

މިދިޔަ އަހަރުގެ މިނިވަން ޗެންޕިއަންޝިޕްގެ ޗެންޕިއަން ޓްރޮފީ އޭދަފުށި ޓީމް އުފުލާލަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރު ހދ.ކުޅުދުއްފުއްޓާ ގދ.ތިނަދޫގައި ބޭއްވުމަށް އެފްއޭއެމުން ނިންމައިފިއެވެ.

ފައިނަލް ބުރަށް ހޮވުނު ޓީމުތަކުގެ ތެރެއިން މިލަންދޫ އާއި މާޅޮސް ފިޔަވާ އަނެއް ހަ ރަށުން ވެސް މުބާރާތް ބޭއްވުމަށް ޕުރޮޕޯސަލް ހުށަހަޅާފައިވެއެވެ. އެފްއޭއެމުން ބުނީ ޕުރޮޕޯސަލް ހުށަހެޅި ހަ ރަށް ކަމަށްވާ ހދ.ކުޅުދުއްފުއްޓާ ބ.އޭދަފުށީގެ އިތުރުން ދ.ކުޑަހުވަދޫ ، ތ.ތިމަރަފުށި އަދި ގދ.ތިނަދޫ އާއި ސ.ފޭދޫގެ ހުށަހެޅުންތަކަށް ބަލާއިރު ދަނޑާއި އެހެނިހެން ވަސީލަތް އެންމެ ރަނގަޅު އަދި ޖުމްލަކޮށް އެންމެ ރަނގަޅު ހުށަހެޅުމެއް ލިބިފައިވަނީ ފައިނަލް ބުރު ބޭއްވުމަށް ނިންމި ދެ ރަށުން ކަމަށެވެ.

މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް އެފްއޭއެމުން ކުރިން ޝެޑިއުލްކުރި ފައިނަލް ބުރު މިހާރު ވަނީ ޖުލައި 5 އިން 18 އަށް ބަދަލުކޮށްފައެވެ. މިއަހަރުގެ ފައިނަލް ބުރުގައި ތިނަދޫގައި ވާދަ ކުރާނީ އަށް ޗެމްޕިނުންގެ ތެރެއިން ދެކުނަށް ނިސްބަތްވާ ހަތަރު ޗެމްޕިއަނުންނެވެ. އެއީ ދ.ކުޑަހުވަދޫ އާއި ތ.ތިމަރަފުށި އަދި ތިނަދޫގެ އިތުރުން ސ.ފޭދޫ އެވެ.

ހދ.ކުޅުދުއްފުށީގައި ވާދަ ކުރާނީ އުތުރުގެ ހަތަރު ޗެމްޕިއަނުންކަމަށްވާ މާޅޮހާއި މިލަންދޫގެ އިތުރުން އޭދަފުއްޓާ ކުޅުދުއްފުއްޓެވެ.

ފުޓްބޯޅައިގެ އޮނިގަނޑަށް އެފްއޭއެމުން މިއަހަރު ގެނައި ބަދަލާއެކު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމު މިއަހަރުގެ ޕުރިމިއާ ލީގުގައި ވާދަކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.