
ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން ބ. އަތޮޅުގެ ރަށްރަށުގެ މިސްކިތްތަކަށް، މުޞްހަފްތަކެއް ހަދިޔާކޮށްފި އެވެ.

ބ. އަތޮޅު ކައުންސިލް އިދާރާގައި މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ފޭލި ޖަމިއްޔާއިން ވަނީ މިއަތޮޅުގެ 13 ރަށުގެ މިސްކިތްތަކަށް 255 މުޞްހަފް ހަދިޔާކޮށްފަ އެވެ.
އެ މުޝްހަފްތައް ބ. އަތޮޅު ކައުންސިލުގެ ރައީސް މަބްރޫކު ނަސީރު އާ ހަވާލުކޮށްދެއްވީ ފޭލި ޖަމިއްޔާގެ ނައިބް ރައީސް މުހައްމަދު ރަޝީދު އެވެ.

މި ރަސްމިއްޔާތުގައި ބ. އަތޮޅު ކައުންސިލަރުންގެ އިތުރުން ބައެއް ރަށްރަށުގެ ކައުންސިލު މެންބަރުންނާއި ފޭލީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
