ބީކޭ 21 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް ފަށައިފި

ބީކޭ 21 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގައި ޑައުންޓައުން އާއި ރާޅު ބޯއިޒް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް

އޭދަފުށީގެ ގްރޫޕެއް ކަމަށްވާ ބަނަފްސާ ކަންމަތި (ބީކޭ) ގްރޫޕުން އިންތިޒާމްކޮށްގެން ބާއްވާ 21 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް މިރޭ ފަށައިފިއެވެ.

އޭދަފުށި ފުޓްސަލް ދަނޑުގައި ކުރިޔަށް ގެންދާ މި މުބާރާތުގައި މިރޭ ވަނީ 2 މެޗެއް ކުޅެފައެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރީ ޑައުންޓައުން އެފްސީ އާއި ރާޅު ބޯއިޒް ޓީމެވެ. މި މެޗް ފަސޭހަކަމާއެކު 1-5 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޑައުންޓައުން އެފްސީ އިންނެވެ. މި މެޗްގައި ޑައުންޓައުންގެ ގޯލްތަށް ކާމިޔާބުކޮށްދިނީ ރިހާމް އަބްދުލް ގަނީ ، އަލީ ނަސީމް އަދި އަހުމަދު ތަސްނީފް އިބްރާހިމެެވެ. އަލީ ނަސީމް ވަނީ މިރޭ ޑައުންޓައުން އަށް 3 ގޯލް ކާމިޔާބުކޮށްދީފައެވެ. ރާޅު ބޯއިޒް ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ޝަރީފްއެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޑައުންޓައުން ގެ އަލީ ނަސީމްއެވެ.

ބީކޭ 21 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގައި ޑައުންޓައުން އާއި ރާޅު ބޯއިޒް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް

މިރޭ ކުޅުނު 2 ވަނަ މެޗްގައި ބައްދަލުކުރީ ކިންގްސް ސްޕޯޓްސް އާއި އެފް.ސީ ކިއު ޕީ އެސް ޓީމެވެ. މި މެޗް 3-7 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކިންގްސް ސްޕޯޓްސް ޓީމުންނެވެ. މި މެޗްގައި ކިންގްސް ސްޕޯޓްސް ޓީމަށް ލަނޑުތަށް ކާމިޔާބުކޮށްދިނީ ތޮލާލް ނަސީރު ، އީމާން އިބްރާހިމް ، އައިމާން ހަބީބް ، ހުސައިން ޒަހުވާން އަދި ނާއިލް ސައުދުﷲ އެވެ. މި މެޗްގައި ކިންގްސް ސްޕޯޓްސް އަށް ތޮލާލް ވަނީ 2 ލަނޑު ކާމިޔާބުކޮށްދީފައެވެ. އެފް.ސީ ކިއު ޕީ އެސް ޓީމުގެ ލަނޑުތަށް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު މާއިޝް އަދި ސާފީ ޒާހިރެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ކިންގްސް ސްޕޯޓްސް ޓީމުގެ ހުސައިން ޒަހުވާންއެވެ.

މިރޭގެ 2 ވަނަ މެޗްގެ މޭން އޮފް ދަ މެޗް ގެ މަގާމް ހޯދި ހުސައިން ޒަހުވާން އަށް ޓްރޮފީ ދެނީ | ފޮޓޯ:ބީކޭ

މި މުބާރާތުގައި މާދަމާ ރޭ ވެސް 2 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި 9:30 ގައި ބައްދަލުކުރާނީ އިރުމަތި ލަވާރސް އާއި ޑައުންޓައުން އެފްސީއެވެ. ދެވަނަ މެޗްގައި 10:30 ގައި ބައްދަލުކުރާނީ އެފްސީ ކިއު ޕީ އެސް އާއި ފެއިމްސް ޔުނައިޓެޑްއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.