އޭދަފުށި ޒުވާނުން ކޮޅެއް އިސްނަގައިގެން މި އަންނަ ފިތުރު އީދު ބަންދުގައި އޭދަފުށީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އޭދަފުށި ފުޓްސަލް ޗެލެންޖްގެ ގުރު ނެގުމުގެ ރަސްމީޔާތު ބާއްވައިފިއެވެ.
7 ޓީމަކުން ބައިވެރިވި މި މުބާރާތުގެ ގުރުނެމުގުގެ ރަސްމީޔާތު ބާއްވާފައިވަނީ މިރޭ ސަލްސާ ރިޓްރީޓްގައެވެ.
މި މުބާރާތުގައި ބައިވެރިވި 7 ޓީމު ވަނީ 2 ގްރޫޕަކަށް ބަހާލާފައެވެ.
އެގޮތުން ގްރޫޕް އޭ ގައި ހިމެނުނު ޓީމް ތަަކަކީ ޔުނައިޓެޑް ވީ ، އިރުމަތި ލަވާރސް ، ބޮކި ބްރޯޒް އަދި ދަ ޗެލެންޖާރޒްއެވެ.
ގްރޫޕް ބީ ގައި ހިމެނުނު ޓީމް ތަކަކީ އެފްސީ ކައްކަނީ ، ވެލާ ސިޓީ ، އަދި އެފްސީ ފެމިލީއެވެ.
މި މުބާރާތުގެ މެޗްތަށް ކުރިޔަށްދަނީ މިމަހު 25 އިން 27 ގެ ނިޔަލަށް އޭދަފުށި ސްޓޭޖް ސަރަހައްދުގައެވެ.