އޭދަފުށި ފުޓްސަލް ޗެލެންޖް ފަށައިފި

އޭދަފުށި ފުޓްސަލް ޗެލެންޖްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް

އޭދަފުށީ ޒުވާން ގްރޫޕަކުން އިންތިޒާމުކޮށްގެން ބާއްވާ އޭދަފުށި ފުޓްސަލް ޗެލެންޖް މިއަދު ހެދުނނު ފަށައިފިއެވެ.

އޭދަފުށި ސްޓޭޖް ސަރަހައްދުގައި ކުރިޔަށް ގެންދާ މި މުބާރާތުގައި މިއަދު ހެނދުނު ވަނީ 2 މެޗެއް ކުޅެފައެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރީ ޔުނައިޓެޑް ވީ އާއި އިރުމަތި ލަވާރސް ޓީމެވެ. މި މެޗް ފަސޭހަކަމާއެކު 0-5 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޔުނައިޓެޑް ވީ އިންނެވެ. މި މެޗްގައި މި މެޗްގައި ސަމީ އިބްރާހިމް އަދި މުހައްމަދު ފާސިރު ވަނީ 2 ލަނޑު ޖެހި އިރު އަނެއް ލަނޑު ޔުނައިޓެޑް ވީ އަށް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު) އެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޔުނައިޓެޑް ވީ ގެ ސަމީ އިބްރާހިމްއެވެ.

ހެދުނނު ކުޅުނު 2 ވަނަ މެޗްގައި ބައްދަލުކުރީ ކައްކަނީ ޓީމާއި ވެލާ ސިޓީ އެވެ. މި މެޗް 1-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވެލާ ސިޓީ ޓީމުންނެވެ. މި މެޗްގައި ވެލާ ސިޓީ ޓީމަށް އަހުމަދު އަލީ 1 ލަނޑު ކާމިޔާބުކޮށްދިން އިރު އިސްމާއިލް ފައުޒީ ވަނީ 2 ލަނޑު ވެލާ ސިޓީއަށް ކާމިޔާބުކޮށްދީފައެވެ. ކައްކަނީ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ހަލީމްއެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ވެލާ ސިޓީގެ އިސްމާއިލް ފައުޒީއެވެ.

މި މުބާރާތުގައި މިއަދު ހަވީރުވެސް 2 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެެވެ. ހަވީރު 4:00 ގައި ބައްދަލުކުރާނީ ބޮކި ބްރޯޒް ޓީމާއި ދަ ޗެލެންޖާޒް ޓީމެވެ. ދެވަނަ މެޗްގައި 5 ޖަހާއިރު ބައްދަލުކުރާނީ ކައްކަނީ ޓީމާއި އެފްސީ ފެމިލީއެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.