ޗެމްޕިއަން އޭދަފުށީގެ ފުރަތަމަ މެޗު ކުޅުދުއްފުށްޓާއި ދެކޮޅަށް

މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލް ރައުންޑްގެ ގުރު ނެގުމުގެ ރަސްމީޔާތުގެ ތެރެއިން | ފޮޓޯ:އެފް.އޭމް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގެ ގްރޫޕް އެކެއްގެ ފުރަތަމަ މެޗުގައި މިދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުއްޓާއި ކުޅުދުއްފުށި ވާދަކުރަން ޖެހިއްޖެއެވެ. ރޭ ގަލޮޅު ދަނޑުގެ ވީވީއަޕީގައި ބޭއްވި ރަސްމިއްޔާތެއްގައި މުބާރާތުގެ ފައިނަލް ބުރުގައި ވާދަކުރާ 8 ރަށް ދެ ގްރޫޕަކަށް ބަހާލާފައި ވާއިރު، އޭދަފުށި ހިމެނެނީ އުތުރުގެ ޗެމްޕިއަނުން ހިމެނޭ ގްރޫޕް 1 ގައެވެ. މި ގްރޫޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. ކުޅުދުއްފުއްޓާއި އޭދަފުށީގެ އިތުރުން ގްރޫޕް އެކެއްގައި ދެން ހިމެނެނީ ޒޯން 2 ގެ ޗެމްޕިއަން ށ. މިލަންދޫ އާއި ޒޯން 4 ގެ ޗެމްޕިއަން އއ. މާޅޮހެވެ. ގްރޫޕް 2 ގެ މެޗުތައް ތިނަދޫގައި ކުޅޭ އިރު މި ގްރޫޕުގައި ދެން ހިމެނެނީ ތިމަރަފުއްޓާއި، ކުޑަހުވަދޫ އަދި ފޭދޫ އެވެ.

އޭދަފުށީގެ ފުރަތަމަ މެޗުގައި ކުޅުދުއްފުއްޓާއި ދެކޮޅަށް ނިކުންނާނީ ޖުލައި 6 ވަނަ ދުވަހުއެވެ. ދެވަނަ މެޗުގައި މިލަންދޫއާ ދެކޮޅަށް ނިކުންނާނީ ޖުލައި 10 ވަނަ ދުވަހުއެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ޖުލައި 12 ވަނަ ދުވަހު އޭދަފުށި ވާދަކުރާނީ މާޅޮހާއެވެ.

މުބާރާތުގެ ޝެޑިޔުލް

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ގްރޫޕް 2 ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ގދ. ތިނަދޫގައެވެ. ޖުލައި 5 ވަނަ ދުވަހު މި މެޗުގައި ވާދަކުރާނީ ތިނަދޫއާއި ކުޑަހުވަދޫއެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗު ކުޅޭނީ ޖުލައި 15 ވަނަ ދުވަހުއެވެ. ދެވަނަ ސެމީ ޖުލައި 16 ވަނަ ދުވަހު ކުޅުމަށް ޝެޑިއުލް ކޮށްފައިވާއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 20 ވާ ބުރާސްފަތި ދުވަހުއެވެ.

ގުރު ނެގުމުގެ ރަސްމިއްޔާތުގައި އެފް.އޭ.އެމް އިން ބުނީ ސެމީ ފައިނަލުގެ މެޗުތައް ކުޅޭއިރު މުބާރާތް ބާއްވާ ރަށަށް އިސްކަން ދޭނެކަމަށާއި، އެއީ އެރަށްތަކަށް އިތުރު ފަސޭހައެއް ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. އެފް.އޭ.އެމް ގެ މި ނިންމުމާއެކު މުބާރާތް ބާއްވާ ކުޅުދުއްފުށި އަދި ތިނަދޫއަށް ގްރޫޕުގެ ދެވަނަ ލިބުނަސް އަމިއްލަ ރަށުގައި ސެމީ ފައިނަލް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.