ބީކޭ ފުޓްސަލް މުބާރާތުގެ ސެމީއަށް ޓީމުތައް ހޮވިއްޖެ

ބީކޭ 21 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގައި މިރޭ އިރުމަތި ލަވާރސް އާއި ރާޅު ބޯއިޒް ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް

އޭދަފުށީގެ ގްރޫޕެއް ކަމަށްވާ ބަނަފްސާ ކަންމަތި (ބީކޭ) ގްރޫޕުން އިންތިޒާމްކޮށްގެން ބާއްވާ 21 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމްތައް ކަށަވަރުވެއްޖެއެވެ.

ސެމީ ފައިނަލަށް ދަތުރުކުރި ޓީމްތަށް ކަށަވަރުވީ މިރޭ ކުޅުނު ގްރޫޕް ސްޓޭޖްގެ ފަހު މެޗްތަށް ނިމުމުންނެވެ.

މި މުބާރާތުގެ ސެމީ ފައިނަލަށް ގްރޫޕް އޭ އިން ދަތުރުކޮށްފައިވަނީ ޑައުންޓައުން އާއި އިރުމަތި ލަވާރސް ޓީމެވެ.

ބީކޭ 21 އަހަރުން ދަށުގެ މުބާރާތުގައި މިރޭ ފެއިމްސް ޔުނައިޓެޑާއި ކިންގް ސްޕޯޓްސް ކުޅުނު މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ގްރޫޕް ބީ އިން ސެމީގެ ޖާގަތަށް ކަށަވަރުކުރީ ފެއިމްސް ޔުނައިޓެޑާއި ކިންގް ސްޕޯޓްސްއެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި މާދަމާ ރޭ 8:30 ގައި ޑައުންޓައުން ނިކުންނާނީ ފެއިމްސް ޔުނައިޓެޑާއި ދެކޮޅަށެވެ. އަދި ސެމީ ފައިނަލުގެ ފަހު މެޗްގައި 9:30 ގައި ކިންގް ސްޕޯޓްސް ނިކުންނާނީ އިރުމަތި ލަވާރސްއާއި ދެކޮޅަށެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކަށް ރެޑްވޭވް ހަމަޖައްސާފައިވާއިރު ޓެލެކޮމް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ދިރާގެވެ. ބެވަރޭޖް ޕާޓްނަރަކީ ބެއްލަ ވިސްޓާ ރެސްޓޯރަންޓެވެ. ޓެކްނިކަލް ޕާޓްނަރަކަށް އަފްރޯ ސާވިރސް ސެންޓަރ ހަމަޖައްސާފައިވާ އިރު އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އޭދަފުށިޓައިމްސް (އީޓީ) އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.