އީދުގެ މުނާސަބަތުގައި މާޅޮހުގައި ހާއްސަ ވޮލީ މެޗެއް ކުޅެފި

މާޅޮހުގައި ރޭ ކުޅުނު ހާއްސަ ވޮލީ މެޗުގަިއ ބައްދަލުކުރި އުމުރުން ދުވަސްވީ މީހުންގެ ޓީމު

ފިތުރު އީދުގެ މުނާސަބަތުގައި ބ. މަޅޮހު ޒުވާނުން އިސްނަގައިގެން އެރަށުގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކޮށްގެން ފޯރިގަދަ ދެ ވޮލީ މެޗު ކުޅެފި އެވެ.

އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ 30-40 އަހަރާ ދެމެދުގެ ޓީމަކާއި 30 އަހަރުން ދަށުގެ ޓީމެކެވެ. 3-2 ސެޓުން އެ މެޗު ކާމިޔާބުކުރީ 30-40 އަހަރާ ދެމެދުގެ މީހުންގެ ޓީމެވެ.

ދެވަނަ މެޗުގައި ރޭ ކުޅުނީ އުމުރުން ދުވަސްވީ މީހުންގެ ދެ ޓީމެވެ. އޭގެ ތެރޭގައި މުޅިންހެން ހިމެނެނީ އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. އެގޮތުން ބައްދަލުކުރި ދެ ޓީމަކީ ހިތްވަރު އަދި ބުންވަރު ޓީމެވެ. މި މެޗު 3-1 ން ކާމިޔާބުުރީ ހިތްވަރު ޓީމެވެ.

މާޅޮހުގައި ރޭ ކުޅުނު ވޮލީ މެޗުގެ ތެރެއިން

ވޮލީ މެޗުތައް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު މާޅޮހު ޒުވާނަކު ބުނިގޮތުގައި މި މެޗުތަކަކީ އީދުގެ މުނާސަބަތުގައި އުމުރުން ދުވަސްވީ މީހުން އެއްތަނަކަށް އެއްވެ، ހަރަކާތްތެރިވެ އެމީހުން ކުޅިވަރަށް ހުންނަ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން ކުޅުނު މެޗުތަކެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.