ބީކޭ ފުޓްސަލް ކަޕްގެ ފައިނަލަށް ޑައުންޓައުން އާއި އިރުމަތި ލަވާރސް

މިރޭ ކުޅުނު ސެމީ ފައިނަލުގެ 2 ވަނަ މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށީގެ ގްރޫޕެއް ކަމަށްވާ ބަނަފްސާ ކަންމަތި (ބީކޭ) ގްރޫޕުން އިންތިޒާމްކޮށްގެން ބާއްވާ 21 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ފައިނަލަށް ޑައުންޓައުން އެފްސީ އަދި އިރުމަތި ލަވާރސް ދަތުރުކޮށްފިއެވެ.

މި ދެ ޓީމު ފައިނަލުގެ ޖާގަތަށް ކަށަވަރުކުރީ މިރޭ ކުޅުނު ސެމީ ފައިނަލް މެޗްތަކުން މޮޅުވެގެންނެވެ. މިރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ފެއިމްސް ޔުނައިޓެޑާއި ޑައުންޓައުން އެފްސީ އެވެ. މި މެޗް 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ޑައުންޓައުން އެފްސީ އެވެ. މި މެޗްގައި ޑައުންޓައުން އިން ކާމިޔާބުކުރި 5 ލަނޑުގެ ތެރެއިން 3 ލަނޑު އަލީ ނަސީމް ކާމިޔާބުކޮށްދިން އިރު އަނެއް 2 ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލް ޝަރީފެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޑައުންޓައުން އަށް މިރޭ 3 ލަނޑު ކާމިޔާބުކޮށްދިން އަލީ ނަސީމްްއެވެ.

މިރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗްގައި ބައްދަލުކުރީ ކިންގް ސްޕޯޓްސް އާއި އިރުމަތި ލަވާރސް ޓީމެވެ. މި މެޗް 1-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އިރުމަތި ލަވާރސް ޓީމުންނެވެ. މި މެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ކިންގް ސްޕޯޓްސް އިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނާއިލް ސައުދުﷲއެވެ. ނަމަވެސް ފަހަތުން އަރާ އިރުމަތި ލަވާރސް ޓީމުންވަނީ 6 ލަނޑު ކާމިޔާބުކޮށްފައެވެ. އިރުމަތި ލާވާރސް ޓީމުގެ ލަނޑުތަށް ކާމިޔާބުކުރީ ޒައިން ސަމީރު ، މިމްރާހް އަބްދުލް އަޒީޒު ، ޝަފާހު ދާވޫދް އަދި ހައިޝަމް ހަސަންއެވެ. މި މެޗްގައި މިމްރާހް އާއި ޝަފާހު ވަނީ އިރުމަތި ލަވާރސް ޓީމަށް 2 ލަނޑު ކާމިޔާބުކޮށްދީފައެވެ

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އިރުމަތި ލަވާރސް ޓީމުގެ ހައިޝަމް ހަސަންއެވެ.

މި މުބާރާތުގެ ފައިނަލު މެޗްގައި މާދަމާ ރޭ 9:00 ގައި ބައްދަލުކުރާނީ ޑައުންޓައުން އެފްސީ އާއި އިރުމަތި ލަވާރސް ޓީމެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކަށް ރެޑްވޭވް ހަމަޖައްސާފައިވާއިރު ޓެލެކޮމް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ދިރާގެވެ. ބެވަރޭޖް ޕާޓްނަރަކީ ބެއްލަ ވިސްޓާ ރެސްޓޯރަންޓެވެ. ޓެކްނިކަލް ޕާޓްނަރަކަށް އަފްރޯ ސާވިރސް ސެންޓަރ ހަމަޖައްސާފައިވާ އިރު އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އޭދަފުށިޓައިމްސް (އީޓީ) އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.