ފޭދޫ ސްކޫލްގެ ދަރިވަރުންތަކެއް ތަޖުރިބާ ދަތުރެއްގައި ބ. އަތޮޅުގައި

ތަޖުރިބާ ދަތުރެއްގައި ބ. އަތޮޅަށް އައި ސ. ފޭދޫ ސްކޫލުގެ ޓީމު ކުޑަރިކިލުގައި– ފޮޓޯ: ފޭދޫ ސްކޫލް

ސ. ފޭދޫ ސްކޫލްގެ ދަރިވަރުންތަކެއް ތަޖުރިބާ ދަތުރެއްގައި މިއަދު ބ. އަތޮޅަށް އަތުވެއްޖެ އެވެ.

މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ދަތުރުގައި އެ ސްކޫލުގައި ބީ ޓެކް އާޓް އެންޑް ޑިޒައިން ކިޔަވާ ހަތް ދަރިވަރަކާއި ސްކޫލު މީޑިއާ ގުރޫޕްގެ ހަ ދަރިވަރުންގެ ބައިވެރިވެ އެވެ. ދެން ހިމެނެނީ ހަތަރު ޓީޗަރުންނާއި ދެ ބެލެނިވެރިންނެވެ.

ފޭދޫ ސްކޫލުން ބުނި ގޮތުގައި މިއަތޮޅަށް ކުރާ މި ދަތުރުގެ ބޭނުމަކީ ބީޓެކް އާޓް އެންޑް ޑިޒައިން ހަދާ ދަރިވަރުންގެ އެސައިންމެންޓް ހެދުމަށް ބޭނުންވާ މައުލޫމާތުގެ އަމަލީ ތަޖުރިބާ ހޯދުމެވެ.

ކިހާދޫގައި ކުރާ ރުކުފަތީގެ މަސައްކަތް ފޭދޫ ސުކޫލުގެ ދަރިވަރުންނަށް ދައްކާލަނީ

ފޭދޫ ސްކޫލުން ބުނި ގޮތުގައި ބ. އަތޮޅަށް އަންނަން ނިންމީ މި އަތޮޅަކީ ދަރިވަރުން އެސައިންމެންޓް ހަދަން ބޭނުންވާ ތަފާތު މަސައްކަތްތެރިކަމުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އަތޮޅަކަށްވާތީ އެވެ.

އެގޮތުން ބ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ކިހާދޫ، ތުޅާދޫ، ދަރަވަންދޫ، ކުޑަރިކިލު، އޭދަފުށި އަދި ސޮނެވާފުއްޓަށް ޒިޔާރަތްކޮށް މައުލޫމާތު ހޯދާނެ ކަމަށްވެސް އެ ސްކޫލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.