ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން މިއަދު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ބ. ކަމަދޫން މީހަކު އަތުލައިގެންފި އެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ 24 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނި ގޮތުގައި މިއަތޮޅުގެ ރަށަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެމީހާމަސްތުވާ ތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ މިއަދު އެވެ.
ފުލުހުން ބުނީ އެ މީހާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލަ ބ.އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލައިގައި މިދިޔަ ރޯދަމަހުވެސް މިއަތޮޅުން ތިން މީހަކު ހައްޔަރުކޮށްފައިވެ އެވެ.