އޭދަފުށި ފުޓްސަލް ޗެލެންޖްގެ ޗެންޕިއަންކަން ޔުނައިޓެޑް ވީ އަށް

ޗެންޕިއަން ޔުނައިޓެޑް ވީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށި ޔޫތް ޑިވެލޮޕްމަޓް ގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދިޔަ “އޭދަފުށި ފުޓްސަލް ޗެލެންޖް 2017” ގެ ޗެންޕިއަންކަން ޔުނައިޓެޑް ވީ ހޯދައިފިއެވެ.

މިއަދު ހަވީރު އޭދަފުށި ސްޓޭޖް ސަރަހައްދުގައި ކުޅުނު މި މުބާރާތުގެ ފައިނަލް މެޗްގައި ވެލާ ސިޓީ އާ ވާދަކޮށް ޔުނައިޓެޑް ވީ މި މެޗް ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ. މި މެޗްގައި ޔުނައިޓެޑް ވީ ގެ ލަނޑުތަށް ކާމިޔާބުކުރީ އިޝާން އިބްރާހިމް (ސައްޓު) ، މުއާޒް އަލީ އަދި މުހައްމަދު ފާސިރު (ފާއްޓެ) އެވެ. ވެލާ ސިޓީން މި މެޗްގައި ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ޝަރީފް އެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލް މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ފައިނަލް މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޔުނައިޓެޑް ވީ ގެ މުހައްމަދު ފާސިރު (ފާއްޓެ)އެވެ.

މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ޔުނައިޓެޑް ވީ ގެ ޝާފީ އަލީ ހޮވުނު އިރު ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ދަ ޗެލެންޖާޒް ޓީމެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލް މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ ޔުނައިޓެޑް ވީ ގެ މުހައްމަދު ފާސިރު ، ސާމީ އިބްރާހިމް ، އަފްޒަލް އިބްރާހިމްގެ އިތުރުން ވެލާ ސިޓީގެ ޝާހީ މޫސާ އަދި ދަ ޗެލެންޖާޒް ޓީމުގެ އަލީ މާނިހްއެެވެ.

މުބާރާތުގެ އެެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމް މުހައްމަދު ފާސިރު (ފާއްޓެ) ހޯދި އިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެެރިޔާގެ މަގާމް ހޯދާފައިވަނީ ސާމީ އިބްރާހިމެވެ.

ޔުނައިޓެޑް ވީ ޓީމް | އީޓީ ފޮޓޯ:ރާއިފް
މުބާރާތުގެ އެންމެ މޮޅު ކޯޗް ޝާފީ އަލީ އަށް ޓްރޮފީ ހަވާލުކޮށްދެނީ | އީޓީ ފޮޓޯ:ރާއިފް
މުބާރާތުގެ ގަދަ 5 ކުޅުންތެރިން | އީޓީ ފޮޓޯ:ރާއިފް
މުބާާރާތުގައި އެންމެ ގިނަ ގޯލް ޖެހި މުހައްމަދު ފާސިރަށް ރަން ބޫޓް ހަވާލުކޮށްދެނީ | އީޓީ ފޮޓޯ: ރާއިފް
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ސާމީ އިބްރާހިމަށް ޓްރޮފީ ހަވާލުކޮށްދެނީ | އީޓީ ފޮޓޯ:ރާއިފް
މުބާރާތުގެ ފެއާ ޕްލޭ ޓީމަށް ޓްރޮފީ ދެނީ | އީޓީ ފޮޓޯ:ރާއިފް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.