އެއްވެސް ކުއްޖެއް ބާކީނުކޮށް އީދު ފާހަގަކޮށްފި

ހިއްޗާ ބޮޑުބެރު ގްރޫޕުން ކުޑަރިކިލުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ގޭގެއަށް ޒިޔާރަތްކޮށް ހާއްސަ ޝޯތަކެއް ދިނުން. — ފޮޓޯ: ހިއްޗާ ބޮޑުބެރު ގްރޫޕް

ހާއްސަ އެހީއަށް ބޭނުންވުމުގެ ސަބަބުން އީދުގެ ހަރަކާތްތަކުގެ ބައިވެރިނުވެވުނު ފަރާތްތަކަށް ހާއްސަކޮށްގެން ކުޑަރިކިލު ހިއްޗާ ބޮޑުބެރު ގްރޫޕުން އެރަށުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

ހިއްޗާ ބޮޑުބެރު ގްރޫޕުން ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ގޭގެ ތަކަށް ގޮސް އެކުދިންނާ ބައްދަލުކޮށް ހަދިޔާ ދީ ފޮޓޯ ނަގާހަދާފަ އެވެ. އަދި އެކުދިންނަށް ހާއްސަކޮށް އެކުދިން ތިބި ކޮޓަރިތަކަށް ބޮޑުބެރުވެސް ޖަހައިދީފަ އެވެ.

ހިއްޗާ ބޮޑުބެރު ގްރޫޕުން ކުޑަރިކިލުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ގޭގެއަށް ޒިޔާރަތްކޮށް ހާއްސަ ޝޯތަކެއް ދިނުން. — ފޮޓޯ: ހިއްޗާ ބޮޑުބެރު ގްރޫޕް

ހިއްޗާ ބޮޑުބެރު ގްރޫޕުން ބުނިގޮތުގައި އެ ގްރޫޕުން ބޭނުންވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އީދާ ގުޅިގެން ހާއްސަ ކަމެއް ކޮށްދޭށެވެ.

“އެހެންވެ މި ގްރޫޕުން އެކުދިންގެ ގޭގެ އަށް ގޮސް އެ ކުދިންނަށް ބޮޑުބެރު ޖަހައިދީ، އެއްވެސް ކުއްޖަކު ބާކީ ނުކޮށް އެކުދިން އީދު އުފަލުގައި ބައިވެރިކޮށްދިނީ. އެކުދިންގެ އާއިލާއިން ތިބީ ވަރަށް އުފަލުން،” ހިއްޗާ ބޮޑޫބެރު ގްރޫޕުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ހިއްޗާ ބޮޑުބެރު ގްރޫޕުން ކުޑަރިކިލުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ގޭގެއަށް ޒިޔާރަތްކޮށް ހާއްސަ ޝޯތަކެއް ދިނުން. — ފޮޓޯ: ހިއްޗާ ބޮޑުބެރު ގްރޫޕް

ހިއްޗާ ބޮޑުބެރު ގްރޫޕުން ކުޑަރިކިލުގައި ކުޑަ އީދު ފާހަގަކުރުމަށް މިއަހަރުވެސް ގިނަ ކުޅިވަރުތަކެއް ކުރިއަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އީދު ވެދުމާއި ދިއުމާއި މާލި ނެރުމާއި އަދި ހާއްސަ އީދު ޝޯއެއް ދިނެވެ. މީގެ އިތުރުން ކޯޑި ޖެހުމާއި، ކުޑަކުދިންގެ ހަވީރެއް އަދި ފަން ކޯޑި ނެރުންވެސް ކުރިއަށް ގެންދިޔަ އެވެ.

ހިއްޗާ ބޮޑުބެރު ގްރޫޕުން ކުޑަރިކިލުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ގޭގެއަށް ޒިޔާރަތްކޮށް ހާއްސަ ޝޯތަކެއް ދިނުން. — ފޮޓޯ: ހިއްޗާ ބޮޑުބެރު ގްރޫޕް
ހިއްޗާ ބޮޑުބެރު ގްރޫޕުން ކުޑަރިކިލުގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ގޭގެއަށް ޒިޔާރަތްކޮށް ހާއްސަ ޝޯތަކެއް ދިނުން. — ފޮޓޯ: ހިއްޗާ ބޮޑުބެރު ގްރޫޕް

ހިއްޗާ ބޮޑޫބެރު ގްރޫޕުން ބުނީ ކުރިއަށް އޮތް އީދުތަކުގައިވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ކަންތައްތަކެއް ރާވާނެ ކަމަށެވެ. އެ ގްރޫޕުން އީދު ފާހަގަ ކުރުމަށް ކޮންމެ އަހަރަކުވެސް އެރަށުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.