ފުޓްބޯޅަ ޓީމުގެ ބައެއް ކުޅުންތެރިންގެ ޓިކެޓް ސޮނެވާއިން ދެނީ

މިނިވަން ޗެންޕިއަންޝިޕް ފައިނަލްގައި މިދިޔަ އަހަރު އޭދަފުށި ޓީމުން ކުޅެން ނިކުތް ފުރަތަމަ 11 | އީޓީ ފައިލް ފޮޓޯ

އަންނަ ބުރާސްފަތި ދުވަހު، ކުޅުދުއްފުށީގައި ފަށާގޮތަށް ހަމަޖެހިފައިވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި ވާދަކުރާ އޭދަފުށީ ފުޓްބޯޅަ ޓީމުގެ 10 ކުޅުންތެރިންގެ އެއްކޮޅު ޓިކެޓް، ސޮނެވާފުށި ރިސޯޓުން ސްޕޮންސާކޮށްދީފި އެވެ.

“އީޓީ” އާ ވާހަކަދައްކަވަމުން ސޮނެވާފުށީ ރިސޯޓްގެ އޮފިޝަލަކު ވިދާޅުވީ އޭދަފުށީ ފުޓްބޯޅަ ޓީމުގެ ދިހަ ކުޅުންތެރިންގެ އެއްކޮޅު ޓިކެޓް ސްޕޮންސާކޮށްދިނީ، އޭދަފުށީ ރައްޔިތުންނަށާއި ފުޓްބޯޅަ ޓީމަށް އެ ރިސޯޓުގެ ފަރާތުން ކޮންމެވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

އޭދަފުށީ ކައުންސިލުން ބުނީ ފުޓްބޯޅަ ޓީމަށް ރަށުގެ ވިޔަފާރި ވެރިންނާއި ކްލަބް ޖަމިއްޔާތަކުންވެސް އެކިގޮތްތޮތުން އެހީތެރިވަމުންނެވެ.

އަންނަ ބުރާސްފަތު ދުވަހު ފުރަތަމަ މެޗުގައި ކުޅުދުއްފުއްޓާއި ދެކޮޅަށް އޭދަފުށީ ނިކުންނައިރު، ދެވަނަ މެޗުގައި މިލަންދޫއާ ދެކޮޅަށް ނިކުންނާނީ ޖުލައި 10 ވަނަ ދުވަހުއެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ޖުލައި 12 ވަނަ ދުވަހު އޭދަފުށި ވާދަކުރާނީ އއ. މާޅޮހާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.