ޑައުންޓައުން އަންހެން ފުޓްސަލް މުބާރާތުގައި ބަައިވެރިމުގެ ފުރުސަތު ހުޅުވާލައިފި

ޑައުންޓައުން އަންހެން ފުޓްސަލް މުބާރާތުގެ ތެރެއިން | އީޓީ ފައިލް ފޮޓޯ

ކްލަބް ޑައުންޓައުން އިން އިންތިޒާމްކޮށްގެން މިދިޔަ އަަހަރުގެވެސް އަޞްހާ އީދު ބަންދުގުގައި އޭދަފުށީގައި ބޭއްވި އަންހެން ފުޓްސަލް މުބާރާތް މި އަހަރުވެސް ބާއްވަން ނިންމާ މުބާރާތުގައި ބައިވެރިމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

ޑައުންޓައުން އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި އަހަރު ބާއްވާ މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ޓީމް ރެޖިސްޓްރޭޝަން ފޯމާއި މުބަރާތުގެ އެންޓްރީ ފީ -/1000 ރުފިޔާ އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ކުރިން މުބާރާތް އިންތިޒާމްކުރާ ފަރާތާ ހަވާލުކުރަން ޖެހޭނެކަމަށެވެ.

އަދި ޓީމް ލިސްޓް އޮގަސްޓް 15 ވަނަ ދުވަހުގެ ކުރިން މުބާރާތް އިންތިޒާމް ކުރާފަރާތާ ހަވާލުކުރަންޖެހެއެވެ. މި މުބާރާތުގައި ބައެވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވާއިދު 9881530 އަދި 9944776 އަށް ގުޅާލުމުން ލިބޭނެކަމަށް އެ ކްލަބުން މައުލޫމާތުދެއެވެ.

ކްލަބް ޑައުންޓައުން އިން ބުނީ މި އަަހަރުގެ މުބާރާތުގެ ޗެންޕިއަން ޓީމަށް -/10000 ރުފިޔާގެ ފައިސާގެ އިނާމް ލިބޭނެކަމަށެވެ. އަދި ރަނަރަޕް ޓީމަށް -/5000 ރުފިޔާގެ ފައިސާގެ އިނާމް ލިބޭނެކަމަށެވެ.

ޑައުންޓައުން އިން މި މުބާރާތް ބާއްވަން ފަށާފައިވަނީ މިދިޔަ އަހަރުއެވެ. މިދިޔަ އަހަރުގެ މުބާރާތަށް ހީވެސް ނުކުރާ ވަރުގެ ތަރުހީބެއް ލިބުނު ކަމަށް އެ ކްލަބުން މައުލޫމާދެއެވެ. މިއީ މި މުބާރާތް ބާއްވާ 2 ވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.