މިލަންދޫ ބަލިކޮށް މާޅޮހުގެ ފެށުން ރަނގަޅުކޮށްފި

މިއަދު ހަވީރު މިލަންދޫ އާއި މާޅޮސް ބައްދަލުކުރި މެޗްގެ ތެރެއިން | ފޮޓޯ:ކޭއޯ

މިހާރު ކުރިޔަށްދާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ރައުންޑްގައި މިއަދު ހަވީރު މިލަންދޫ އަތުން 2-0 އިން މޮޅުވެ މާޅޮހުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މެޗު ފެށިގެން ފުރަތަމަ ހަމަލާ އުފެއްދީ މާޅޮހުންނެވެ. މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް މާޅޮހުގެ ކުޅުންތެރިޔަކު ފޮނުވާލި ހަމަލާއެއް އަމާޒުވީ މިލަންދޫ ގޯލްގެ ކަނާތު ދަނޑިއަށެވެ.

މާޅޮހުން ލީޑުނެގީ މެޗުގެ 17 ވަނަ މިނިޓްގައި އެޓީމްގެ ކެޕްޓަން އަހުމަދު ލަތީފްގެ ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ގޯލްގެ ވާތުކަނަށް ފޮނުވާލައިގެންނެވެ. ފުރަތަމަ ހާފްގައި ބޯޅަ ގިނަ ވަގުތު ގެންގުޅި ހަމަލާތައް އުއްފެދީ މާޅޮހުންނެވެ. މާޅޮހަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުންކަމުގައި ވިޔަސް ގޯލަށް އަމާޒްކުރި ގިނަ ހަމަލާތައް ސީދާ ނުވެ ދިޔައީ ބޭރަށެވެ.

ދެވަނަ ހާފްގައި މިލަންދޫއިން ވަނީ ރަނގަޅު ހަމަލާއެއް އުފައްދާފަ އެވެ. ނަމަވެސް މާޅޮހުގެ ކީޕަރުގެ ހުށިޔާރުކަމުން ހަމަލާތައް ވަނީ ދިފާއުކޮށްފަ އެވެ. މާޅޮހުގެ ދެވަނަ ގޯލް ޖަހާދިނީ ދެވަނަ ހާފްގެ 68 ވަނަ މިނިޓްގެ ތެރޭގައި އަހުމަދު އަމުޖަދުގެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މި ގުރޫޕްގެ ދެން މެޗެއް ކުޅޭނީ އަންނަ އާދިއްތަ ދުވަހު އެވެ. ބައްދަލުކުރާނީ ކުޅުދުއްފުއްޓާއި މާޅޮހުގެ ޓީމެވެ. ޖެހިގެން އަންނަ ހޯމަ ދުވަހު ޗެންޕިއަން އޭދަފުށި ނިކުންނާނީ ށ.މިލަންދޫއާއި ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.