މުބާރާތުގެ ފޭވަރިޓުންނަކީ އަދިވެސް އޭދަފުށި: މާޅޮސް ޓީމް

އޭދަފުށީ ޓީމުގެ ބައެއް ކުޅުންތެރިން. ފޮޓޯ/ކުޅުދުއްފުށި އޮންލައިން

މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރުގެ ގްރޫޕް އެކެއްގައި މިއަދު އޭދަފުށްޓާއި ދެކޮޅަށް ނިކުންނައިރު މުބާރާތުގެ ފޭވަރިޓުންނަކީ އަދިވެސް އޭދަފުށި ކަމަށް މާޅޮސް ޓީމުން ބުނެފިއެވެ.

މެޗުގެ ކުރިން “އީޓީ” އާ ވާހަކަ ދައްކަވަމުން މާޅޮސް ޓީމުގެ އެސިސްޓެން ކޯޗު އަޙްމަދު ނަޞީރު ވިދާޅުވީ މިއަދު މެޗު ދެޓީމަށްވެސް ޕްރެޝަރ ވާނެކަމަށެވެ.

” މެޗުގެ ޕްރެޝަރ އަކަށް ނުބަލާނަން. ނިކުންނާނީ ހަމަ މޮޅަކަށް. މިލަންދޫ އަތުން ބަލިވިޔަސް އޭދަފުށްޓަކީ ވަރަށް މޮޅު ޓީމެއް. އަދިވެސް ފޭވަރިޓުން. ކުޅުދުއްފުށީ މެޗުގަވެސް އޭދަފުށި ވަރަށް މޮޅަށް ކުޅުނު. މެޗުގައި އޭދަފުއްޓަށް ފުރިހަމަ އިހްތިރާމް ކުރާނަން ”

މާޅޮސް ޓީމުން ބުނީ، ފަހަތުގައި ތިބެގެން މެޗުން ޕޮއިންޓެއް ހޯދަން ނުވިސްނާނެކަމަށާއި، އެޓީމުން ކުޅޭނީ އެހެން މެޗުތަކުގައިވެސް ކުޅުނު ކުޅުން ކަމަށެވެ. އަދި އޭދަފުށި ބަލިކޮށް ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވެއްޖެނަމަ އެއީ އެރަށަށް ލިބޭނެ ވަރަށް ބޮޑު ފަހުރެއް ކަމަށް ޓީމުން ބުނެއެވެ.

މިއަދުގެ މެޗަކީ މިނިވަން ޗެމްޕިއަންޝިޕްގެ ތާރީހުގައި އޭދަފުށި ކުޅޭނެ އެންމެ މުހިއްމު އެއް މެޗެވެ. މި މެޗުގައި މާޅޮސް ތިން ގޯލުން ބަލިކުރުން ނޫންގޮތެއް ނެތްއިރު، މިނޫން ނަތީޖާއެއް ނިކުމެއްޖެ ނަމަ ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވުމުގެ ފުރުޞަތު އޭދަފުއްޓަށް ގެއްލޭނެއެވެ. ފުޓްބޯޅައިގައި މޮޅެތި އެތައް ކުޅުންތެރިންނެއް އެއްވަނަ ޑިވިޝަނަށް ނެރެދީފައިވާ އޭދަފުއްޓަކީ މިނިވަން ޗެމްޕިއަންޝިޕްގައިވެސް އެންމެ ކާމިޔާބު އެއްޓީމެވެ.

މިއަދުގެ މެޗަށް ނިކުންނައިރު މި ގްރޫޕުގެ އެއްވަނަގައި ހަތަރު ޕޮއިންޓާއެކު އޮތީ މާޅޮހެވެ. ދެވަނަ ތިން ޕޮއިންޓާއެކު މިލަންދޫއަށް ލިބޭއިރު ދެ ޕޮއިންޓާއެކު ތިންވަނަ ލިބެނީ ކުޅުދުއްފުށްޓަށެވެ. އޭދަފުށި އޮތީ އެއް ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ.

މިއަދުގެ މެޗު ކުޅުދުއްފުށީ ފުޓްބޯޅަ ދަނޑުގައި ފެށުމަށް ހަމަޖެހިފައިވަނީ 15:50 ގައެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ދޮންއާދަނު

    އީޓީގެ ކަމަކީ އޭދަފުއްޓަކީ ހަތް އުޑުގެ މަތީގައި އޮތް ރެށެއްކަން ދެއްކުން، ތިމާމެން ހިތްމޮޅުވިޔަސް މީ ބޮޑުވަރު، ހީވަނީ މިޔޭ ދުނިޔޭގަތިބި އެންމެ މޮޅުބަޔަކީ، އޭދަފުށި މީހަކު ފޮޑިއެއް ޖެއްސަސް އެވާހަކަވާނެ ރާއްޖޭގެ ހުރިހާ މީޑިއާ ތަކުގެ ފަލަ ސުރުޚީއަށް އަރުވަން

    ރައްދު
  2. އިބްރާހިމް..

    މާޅޮސް މީހުން ބޭނުންވި ސުރުޙީ މިއޮތީ ޖަހާފަ ދޯޯ!!
    މީ އީޓީ ގެ މައްސަލައަކީ.. ދެން ހުރިހާ ރައްޔިތުން މިސުރުޙީ އަށް ބަލާފަ ހޭންތިއްބަ އެމީހުން އަރާ ފިލްމު ނިންމާލާނީ އެމީހުން ބޭނުން ގޮތަށް. މީތި ކަމަކުނުދޭ އެއްގޮތަކަށްވެސް!!!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.