އޭދަފުށީ ކައުންސިލުން އަންނަ ހޯމަ ދުވަހުގެރޭ ރައްޔިތުންނާ ބައްދަލުކުރަން ނިންމައިފި އެވެ.
ރަށު ކައުންސިލުން ބުނި ގޮތުގައި ރައްޔިތުންނާ ބައްދަލު ކުރުން އޮންނާނީ ޖުލައި 31 ވަނަ ދުވަހު ރޭ މަލްޓިޕާޕަސް ހޯލުގަ އެވެ.
މި ބައްދަލުވުމަކީ ރަށު ކައުންސިލުން ބުނިގޮތުގައި ކުރިއަށް އޮތް އަހަރަށް ކައުންސިލް ބަޖެޓްގައި ހިމަނަން ޖެހޭ ކަންކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމާއި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރިޕޯޓް ހުށަހެޅުމަށް ބާއްވާ ބައްދަލުވެމެކެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްގެ ފަރާތުން ބޭއްވުމަށް ލާޒިމްވާ މި ބައްދަލުވުމަކީ އާ ކައުންސިލު އިންތިހާބުކުރި ފަހުން ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.
އެހެންވެ ވީހާ ވެސް ގިނަ ބަޔަކު ބައްދަލުވުންތަކުގައި ބައިވެރިވުމަށް ކައުންސިލުން އެދެ އެވެ.