
ނިއުރޭޑިއަންޓް ދޫކޮށް އޭދަފުށީގެ ޒުވާން ކުޅުންތެރިޔާ އަޙްމަދު ސުހައިލް (ބަންބުޗް) އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރެއްގެ ފަހު ޖާގަ ހޯދި ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެ އެވެ.

2014 ވަނަ އަހަރު އޮތް ޔޫތު ޗެމްޕިއަންޝިޕަށްފަހު ނިއު ރޭޑިއަންޑުން ކެރިއަރު ފެށި ބަންބުޗް އެޓީމަށް ފުރަތަމަ ކުޅެން އެރީ ޝީލްޑް މެޗުގައި ހަމްޒާ މުހައްމަދު (ހަމްޕް) ގެ ބަދަލުގަ އެވެ. އެއަށްފަހު ބަންބުޗު ވަނީ ނިއުއަށް ދެފަހަރު ލީގު ހޯދައިދީ ޕްރެސިޑެންޓް ކަޕްވެސް ކާމިޔާބުކޮށްދީފަ އެވެ. އޭނާ ވަނީ ނިއުރޭޑިއަންޓާއެކު އޭފްސީ ކަޕްގައިވެސް ކުޅެފަ އެވެ.
2015ވަނަ އަހަރު 23 އަހަރުން ދަށުގެ ޤައުމީ ޓީމަށްވެސް ކުޅެފައިވާ ބަންބުޗަށް ވަނީ 23 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފިކޭޝަންގައިވެސް ކުޅެފަ އެވެ. އަދި މިދިޔަ އަހަރު ބަންގްލަދޭޝްގައި ބޭއްވި އިންވިޓޭޝަނަލް މުބާރާތުގައި ސީނިއާ ގައުމީ ޓީމުގައިވެސް އޭނާ ކުޅެފައިވެ އެވެ.
