ޝާފީ ގްރީން ސްޓްރީޓަށް

މިދިޔަ އަހަރުގެ އެފްއޭ ކަޕް ފައިނަލުގައި ޝާފީ ކުޅެނީ ، މި އަހަރުގެ ޕްރިމިއަރ ލީގު ކުޅުމަށްޓަކައި ޝާފީ ވަނީ ވެލެންސިއާ އިން ކްލަބް ގްރީން ސްޓްރީޓަށް ބަދަލުވެފައި | ފޮޓޯ:އިމޭޖަސް،އެމްވީ

ކްލަބް ވެލެންސިއާއަށް ދިވެހި ޕްރިމިއަރ ލީގުން ޖާގަ ގެއްލުމުން، ކުރު މުއްދަތުގެ އެއްބަސްވުމުގެ ދަށުން މިސީޒަނުގެ ނިޔަލަށް އެޓީމުގެ ކެޕްޓަން ޝާފިއު އަހްމަދު ގްރީން ސްޓްރީޓަށް ބަދަލުވެއްޖެ އެވެ. ގައުމީ ޓީމުގެ ވައިސް ކެޕްޓަންކަން ވެސް ކުރަމުން އަންނަ އޭދަފުށީގެ ޝާފީ ގްރީން ބަދަލު ވުމުގެ ކުރިން އޭނާ ގެންދަން ޕްރިމިއަރ ލީގު ކުޅޭ ބައެއް އެހެން ޓީމުތަކުންވެސް މަސައްކަތް ކުރި އެވެ.

ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓްވެ، މާލޭ ލީގުގައި އަލަށް ވާދަކޮށް ދެވަނަ ހޯދައިގެން ޕްރިމިއަރ ލީގުން ޖާގަހޯދި ގްރީންގެ ކޯޗު ސޮބާހް މުހައްމަދު ބުނީ، ޝާފީއަކީ މަސައްކަތުގެ ރޭޓް ވަރަށް ރަގަޅު ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާގެ މަސައްކަތާއި ލީޑަރޝިޕްގެ އިތުރުން އޭނާގެ ތަޖުރިބާއަކީ މުޅި ޓީމަށް ވަރަށް މުހިއްމު ކަމަކަށް ވެގެންދާނެ ކަމަށް ވެސް ސޮބާހް ބުންޏެވެ.

ވެލެންސިއާއިން ކެރިއަރު ފެށި ޝާފީ ވަނީ މީގެކުރިން ވިކްޓަރީއާ، މާޒިޔާ އަދި ނިއުރޭޑިއަންޓަށް ވެސް ކުޅެފައެވެ. ވެލެންސިއާއިން މިއަހަރު މާލޭ ލީގު ނިންމާލީ 14 މެޗުން ލިބުނު 6 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގަ އެވެ.

ޕްރިމިއަރ ލީގުގައި ވާދަކުރާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަމަށްވާ މާޒިޔާ، ގްރީން ސްޓްރީޓްސް، ނިއު ރޭޑިއަންޓް އަދި ޓީސީގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ދ. ކުޑަހުވަދޫ އާއި ރަނަރަޕް ގދ. ތިނަދޫގެ އިތުރުން މިލަންދޫ އާއި އއ. މާޅޮހެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.