ބ. އަތޮޅު ކައުންސިލަރެއްގެ މައްސަލަ އެލްޖީއޭ އަށް ހުށަހަޅައިފި

އިބްރާހިމް ރަޝީދު (ވ).
އިބްރާހިމް ރަޝީދު (ވ).

ބ. އަތޮޅު ކައުންސިލްގެ ތުޅާދޫ ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުގެ ޚިދުމަތް ދާއިރާގެ ރައްޔިތުންނަށް ލިބެމުން ނުދާކަމަށް ބުނެ އަމިއްލަ ފަރާތަކުން އޭނާގެ މައްސަލަ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅައިފި އެވެ.

އަމިއްލަ ފަރާތަކުން އެލްޖީއޭ އަށް ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ އިބްރާހީމް ރަޝީދު ގަވާއިދުން އޮފީހަށް ހާޒިރުނުވެ ބޮޑު މުސާރަ ނަންގަވަމުން ގެންދަވާ ކަމަށެވެ.

އެ މައްސަލައާ އެކު އިބްރާހީމް ރަޝީދުގެ ހާޒިރީ ރިޕޯޓު ވެސް ވަނީ އެލްޖީއޭ އަށް ހުށަހަޅާފަ އެވެ. ހާޒިރީ ޒިޕޯޓުގައި ބުނެފައިވާ ގޮތުން 2011 ވަނަ އަހަރު އޭނާ 205 ދުވަހު އޮފީހަށް ހާޒިރުވާން ޖެހޭ އިރު އޭނާ ހާޒިރުވެފައި ވަނީ އެންމެ 76 ދުވަހު އެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ ހާޒިރީ އަށް ބަލާއިރު 187 ދުވަހު އޮފީހަށް ހާޒިރުވާން ޖެހޭއިރު އޭނާ އޮފީހަށް ހާޒިރުވެފައި ވަނީ 62 ދުވަހު އެވެ.

އެކަމާ ބެހޭ ގޮތުން އިބްރާހީމް ރަޝީދު ވިދާޅުވީ ނުގަވައިދުން އޭނާ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ 2011 އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ރަސްމީ ބޭނުމުގައި އާއި އަދި އާއިލާގެ މީހަކު ބަލިވެގެން ގިނަ ދުވަހު އޮފީހަށް ނުކުންނަވާފައި ނުވާނެ ކަމަށެވެ. އެހެންކަމުން އެއީ މައްސަލައެއް އޮތްކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އިބްރާހީމް ރަޝީދު ވިދާޅުވި އެ

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Mohamed thuldhaoo

    ކައުންސިލަރުން ރައްޔިތުން ވޯޓް ދީގެ ހޮވީ ރަސްމީ ބޭނުމެއްގައި މާލޭގައި ހުންނާކަށް ނޫނެނެވެ. އަތޮޅާ ރައްޔިތުނަށް ޙައްޤުގައި ޚިދުމަތް ކުރުމަށް ކުރުމަށެވެ. އަޅުގަނޑު ޤަބޫލެއް ނުކުރާނާން އަހަރެއް ނިމެންދެން ރަސްމީ ބޭނުމެއްގައި މާލެގައި ހުންނަން ޖެހޭނެކަމަކަށް ، ރަސްމީ ބޭނުމެއްގައި މާލޭގައި ހުރެގެން ކުރިކަމެއް ބުނެބަލަ ، މާލޭގައި ހުރެގެން ރައްޔިތުންނަށް ވީ ފައިދާއެއް ބުނެބަލަ ، އާއިލާގެ ކާކު ބަލިވީ ބަލިވި މީހެއްގެ ނަން ބުނެބަލަ ، ސަރުކާރުން ކަލޭމެނާ ދެތެރޭ ހަރުކަށި ފިޔަވަޅެއް ނާޅައިގެން ތިޔަ އުޅެނީ ، ކަލޭމެންގެ މުސާރަ ޙައްގެއް ނުވާނެ ، ދެން ބުނެލަން އޮތީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލްކަމަށް ކުރިމަތި ނުލާށޭ ، ހިތުވެސް ނުލާށޭ އެކަމެއް ނުވާނޭ…..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.