ބީއެމްއެލް އޭދަފުށީ ބްރާންޗުގެ އާ އިމާރާތުގެ މަސައްކަތް ފަށައިފި

ބީއެމްއެލް އޭދަފުށީ ބްރާންޗުގެ އާ އިމާރާތް އެޅުމަށް ބިންސާފުކުރުމުގެ މަސައްކަތް ކުރަނީ. އީޓި ފޮޓޯ / މާހު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭދަފުށީ ބްރާންޗުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ބީއެމްއެލްގެ އޭދަފުށީ ބްރާންޗް މިހާރު ހިންގަމުން ގެންދަނީ އަތޮޅު ގޭގެ އިމާރާތުގެ ބައެއްގަ އެވެ. އާ އިމާރާތް އަޅަނީ ރަށުގެ ބަނދަރުގެ ހުޅަނގު ސަރަހައްދުގެ އެއްގަމުން ކަންމައްޗަށްވާ ގޮތަށެވެ.

ރައްޔިތުންނަށް ދެވޭ އަސާސީ ހިދުމަތެއްގެ ގޮތުގައި ކުލި ނުނަގާގޮތަށް، ރަށު ކައުންސިލުން އެ ސަރަހައްދުން ބީއެމްއެލް އަށް 2854 އަކަ ފޫޓްގެ ބިމެއްވަނީ ހަމައްސައިދީފަ އެވެ.

އެ ތަނުގައި އާ އިމާރާތެއް އަޅަނީ މިހާރު ބޭނުންކުރާ އިމާރާތުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާއިތީ އެވެ. އާ އިމާރާތް އަޅަން ހަވާލުކުރީ އައިއެންއޭ މޯލްޑިވްސް ކުންފުންޏަށެވެ. އެ މަސައްކަތް ނިންމަން ހަވާލުކުރީ 4 މަސް ދުވަހުގެ ތެރޭގަ އެވެ.

އާ އިމާރާތާއެކު، އޭދަފުށީގައި ބޭންކުން ދެވޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެ، ޒަމާނީ ކުރެވިގެންދާނެ ކަމަށް ބޭންކުން ކުރިން ވަނީ ބުނެފަ އެވެ. އެގޮތުން ކިއުގައި މަޑުނުކޮށް ބޭނުން ވަގުތަކު ފައިސާ ނެގުމާއި ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބ. އަތޮޅުގައި ކުރަމުން އަންނަ އިންވެސްޓްމަންޓްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން މިއަހަރު ވަނީ މި އަތޮޅު ދަރަވަންދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ތައާރަފް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޖަހޫ

    ތިކަން މިހާރު މާ ލަސްވެއްޖެ ކުރުން. މިހާރުވެސް ބެންކަށް ގޮއްސަ އެހާ އިރުނަގާ. އިމާރާތް ކިތަންމެ ކުޑަޔަސް ތަނުގެ މުވައްޒަފުން އަތްމަތި ތަތްވީމަ ދެން ހިދުމަތް ކިހާ ސްލޯ ވާނެ؟ މިހާރުވެސް އެބަތިބޭ އިރުއޮއްސެންދެން ސިސްޓަމް ބެލެންސް ނުކުރެވިގެން. މިފެންނަނީ ސައިންސް ސްޓްރީމް ކިޔަވާފަތިބި، އެކައުންޓިން އަކީ ކޯއްޗެއްކަންވެސް ނޭނގޭ ބަޔަކު އެތަނަށް މުވައްޒަފުންގެ ގޮތުގައި ލާފައި ތިބޭތީ ވާގޮތް… ހެހެހެ..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.