މި އަހަރުގެ ޒޯން ވޮލީ މުބާރާތް ޅ. ނައިފަރުގައި ބާއްވަން ނިންމައިފި

މި އަހަރުގެ ޒޯން ވޮލީ މުބާރާތް ޅ. އަތޮޅު ނައިފަރުގައި ބާއްވާ ގޮތަށް ވޮލީބޯލް އެސޯޝިއޭޝަން އޮފް މޯލްޑިވްސް އިން ނިންމައިފި އެވެ.

މުބާރާތުގައި މި އަތޮޅުން ބައިވެރިވެފައި ވަނީ ހަމައެކަނި މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރެންމެންޓް ސޮސައިޓީ (މާރެސް)ގެ ޓީމު ކަމަށް ވާތީ، އަތޮޅު މުބާރާތް ނުކުޅެ އެ ޓީމު ވަނީ އޮޓަމެޓިކުން ޒޯނަށް ކޮލިފައި ވެފަ އެވެ.

މި މަހުގެ 22 އިން 24ގެ ނިޔަލަށް ތާވަލު ކުރެވިފައިވާ ޒޯން މުބާރާތުގައި ވާދަ ކުރާނީ މާރެސް ޓީމުގެ އިތުރުން ޅ. ނައިފަރު އިފްތިތާޙު އިސްދަރިވަރުންގެ ޖަމިއްޔާގެ ޓީމު ކަމަށް ވާތީ، ޖުމްލަ 3 މެޗު ކުޅެގެން 2 މެޗުން މޮޅުވާ ޓީމަކީ ޒޯން މުބާރާތުގެ ޗެމްޕިއަން އެވެ.

މާރެސް ޓިމުގެ މި ދައުރުގެ ރައީސް އަޙުމަދު ޙުސައިން ވިދާޅުވީ ޒޯން ވޮލީ މުބާރާތް ކުޅުމަށް މާރެސް ޓީމު ހުކުރު ދުވަހު ނައިފަރަށް ދާނެ ކަމަށާއި ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

“އަޅުގަނޑުމެން ނައިފަރަށް ދާނީ ހުކުރު ދުވަހު. އެ ކޮޅުގައި (ނައިފަރުގައި) މަޑުކުރާނީ. މުބާރާތް ނިންމާފައި އަންނާނީ. ޓީމު ލިސްޓު ހުށަހަޅަން ޖެހެނީ މާދަމާގެ ނިޔަލަށް. އެހެންވީމާ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އަތޮޅު ތެރެއިން ވެސް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުން މި ދަނީ،” އަޙުމަދު ޙުސައިން ވިދާޅުވި އެވެ.

2007 ވަނަ އަހަރު ބޭއްވި އަތޮޅު ވޮލީ މުބާރާތުގައި މާރެސް ޖަމިއްޔާ ވަނީ ރަނަރ އަޕްކަން ހޯދައިފަ އެވެ. އެއީ މާރެސް ވުޖޫދަށް އައި ފަހުން ބައިވެރިވި ފުރަތަމަ ވޮލީ މުބާރާތް ވެސް މެ އެވެ. އެ އަހަރުގެ އަތޮޅު ޗެމްޕިއަން ޓީމަކީ މާޅޮހު މާރސް ޖަމިއްޔާގެ ޓީމެވެ.

— މުޙައްމަދު އަފްރާޙް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.