ފުޓްބޯޅަ އެކަޑަމީގައި ރަޖިސްޓްރީވާން ހުޅުވާލައިފި

ދުނިޔޭގެ ބައެއް ގައުމުތަކުގައި ފުޓްބޯޅަ އެކަޑަމީތައް ހަދައި ހިންގަމުން އަންނަ ދަ ގްރާންޑް އެސިސްޓެންޝިއަލް އިންޓަނޭޝަނަލް އިން އޭދަފުށީގައި ގާއިމުކުރަން ނިންމާފައިވާ ފުޓްބޯޅަ އެކަޑަމީ ގައި ބައިވެރިވާން ރަޖިސްޓްރީ ވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެގޮތުން އުމުރުން 6 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް އެކަޑަމީގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އޮތީ ހުޅުވާލަައިފަ އެވެ. ރަޖިސްޓްރޭޝަން ފޯމް ނިއަމި ޓްރޭޑުންނާއި ފަސްމުގޫ ބިލްޑްވެއާ ފިހާރާއިން ދަނީ ދޫކުރަމުންނެވެ. އެކަޑަމީގައި ރަޖިސްޓަރީވާން 400ރ ދައްޖަން ޖެހެ އެވެ.

އެކަޑަމީއަށް ކުދިން ހޮވާނީ ރަޖިސްޓްރީވި ކުދިންނަށް މި ހަފްތާ ބަންދުތެރޭ ޓްރޭނިންއެއް ބޭއްވުމަށްފަހު އެވެ.

ދަ ގްރާންޑް އެސިސްޓެންޝިއަލުން ބުނި ގޮތުގައި ރަށްރަށުގެ ކުދިންނަށް ވެސް އެންމެ ރަނގަޅު ފެންވަރުގައި ފުޓްބޯޅައިން ކުރިއަށް ދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން ފަށާ އެކަޑަމީގައި ކޯވުކަން ކޮށްދޭނީ ބްރެޒިލް އާއި ސްޕެއިންގެ ކޮލިފައިޑް ކޯޗުންގެ ބެލުމުގެ ދަށުންނެވެ. އަދި މި އެކަޑަމީގައި ފާހަގަކޮށްލެވޭ ކުދިންނަށް އެ ގައުމުތަކުގެ އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.

އެކަޑަމީގަިއ ރަޖިސްޓްރީ ވުމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ މުހައްމަދު ފާސިރު (ފޯން 9661111)، މާޖިދު (ފޯން: 7901016) އާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.