“ހުނަރުވެރި ކުދިން އެބަތިބި، ފުރުސަތު ބޭނުންވޭ”

ދަ ގްރާންޑް އެސިސްޓެންޝިއަލް އިންޓަނޭޝަނަލް ފުޓްބޯލް އެކަޑަމީ އޯޕަން ޑޭ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

“މިތަނުގައި އެބަތިބި ވަރަށް ޓެލެންޓެޑް ކުދިންތަކެއް. މިއަދު ބޭއްވި ޓްރޭނިންގައި ބައިވެރިވުމުން އެކުދިންގެ ފެންވަރު ވަޒަންކޮށްލެވިއްޖެ. މިކުދިންނަށް ބޭނުންވަނީ ރަނގަޅު ތަމްރީންތަކެއް. ޓްރޭނިން ދެމި މަސައްކަތް ކޮށްފިއްޔާ ފުޓްބޯޅައިގެ ތަރިންތަކެއް މިތަނުން ނެރެވިދާނެ،”

އޭދަފުުށީގައި ފުޓްބޯޅަ އެކަޑަމީ ފެށުމަށް އިއްޔެ ހަވީރު ބޭއްވި އޯޕަންޑޭގައި ކުދިންނަށް ޓްރޭނިންދޭން އައިސްހުރި ބްރެޒިލްގެ ކޯޗު ފުރަތަމަވެސް ދެއްކީ އުއްމީދީ ވާހަކަ ތަކެކެވެ.
ކުރިން ޗައިނާގެ އެކަޑަމީ ތަކުގައިވެސް މަސައްކަތް ކުރި ކޯޗު ބުނިގޮތުގައި ޗައިނާގައި އޭނާ މަސައްކަތް ކުރި އެކަޑަމީ ތަކާ ބަލާފައި ވަރަށް ރަނގަޅު ކުދިން އިއްޔެގެ އޯޕަންޑޭގެ ހަރަކާތުން ފެނިފައިވާ ކަމަށެވެ.

ދަ ގްރާންޑް އެސިސްޓެންޝިއަލް އިންޓަނޭޝަނަލް ފުޓްބޯލް އެކަޑަމީ އޯޕަން ޑޭ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ދަ ގްރާންޑް އެސިސްޓެންޝިއަލް އިންޓަނޭޝަނަލް ފުޓްބޯލް އެކަޑަމީން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ މި ހަރަކާތަކީ އޭދަފުށީގައި ފުޓްބޯޅަ އެކަޑަމީއެއް ގާއިމު ކުރުމަށާއި އެންމެ ރަނގަޅު ފެންވަރުގައި ފުޓްބޯޅައިން ކުރިއަށްދާން ތިބި ކުދިންނަށް ފުރުސަތު ފަހިކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.

ދަ ގްރާންޑް އެސިސްޓެންޝިއަލް އިންޓަނޭޝަނަލް ފުޓްބޯލް އެކަޑަމީ އޯޕަން ޑޭ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށީގައި އެކަޑަމީ ހެދުމަށްޓަކައި ފެންވަރު ބެލުމަށް އިއްޔެ ހަވީރު ވަނީ އޯޕަންޑޭގެ ޓްރޭނިން ތައް ފަށައިފަ އެވެ. މިއަދު ހަވީރުވެސް ޓްރޭނިންގެ އިތުރުން އެޕްލިކޭޝަން ފޯމް ހުށައެޅުން ކުރިއަށްދާނެ އެވެ. ކުދިންނަށް ފެންވަރު ބެލުމަށާއި ޓްރޭނިން ދިނުމަށް ބްރެޒިލްގެ ކޯޗެއްގެ އިތުރުން ސްޕެއިންގެ ކޯޗެއްވެސް ހަރަކާތްތެރިވެ އެވެ.

އެކަޑަމީގެ ކޯޗިންގެ ޓީމާއެކު ހަރަކާތްތެރިވާ އޭދަފުށީ ފުޓްބޯޅަ ޓީމުގެ ވައިސް ކެޕްޓަން މުހައްމަދު ފާސިރު ބުނީ އެކަޑަމީގައި ރަޖިސްޓްރީ ވުމަށް ގިނަ ބަޔަކު އަދިވެސް އެދެމުން އަންނަކަމަށާ، މިއަދު ހަވީރު އޮންނަ ޓްރޭނިން އަށް ދިއުމުންވެސް އެކަޑަމީގައި ބައިވެރިވެވޭނެ ކަމަށެވެ.

ދަ ގްރާންޑް އެސިސްޓެންޝިއަލް އިންޓަނޭޝަނަލް ފުޓްބޯލް އެކަޑަމީ އޯޕަން ޑޭ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

“މިހާތަނަށް ސަތޭކައެއްހާ ކުދިން ވަނީ ރަޖިސްޓްރީ ކުރެވިފައި. އެކަޑަމީއަށް ކޮންމެ ކުއްޖެއްގެ އަތުން މަހަކު ދައްކަން ޖެހޭނީ -/400ރ ގެ ފީއެއް. ކުޅުންތެރިންގެ ޖާޒީއާ، ސޯޓުވެސް އެކަޑަމީން ދޫކުރާނެ. މިއަދުވެސް ތްރޭނިން ސެސަންގައި ބައިވެރިވެ އެކަޑަމީގައި ރަޖިސްޓްރީ ކުރެވޭނެ” ފާއްޓެ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.