ހެލްތު ޓްރަސްޓް ފަންޑަށް ބ. އަތޮޅުން ފިނި ތަރުހީބެއް

ބ. އަތޮޅުހޮސްޕިޓަލް
ބ. އަތޮޅުހޮސްޕިޓަލް

ހެލްތު ދާއިރާގެ ޓްރަސްޓް ފަންޑަށް ފައިސާ ހޯދުމަށް ކުރިއަށް ގެންދިޔަ ކެމްޕެއިނަށް ބ އަތޮޅުން ލިބިފައިވަނީ ވަރަށް ފިނި ތަރުހީބެކެވެ.

ސިއްހީ ދާއިރާގެ އެކި ކަންކަމަށް ހޭދަކޮށް އެ ދާއިރާ ތަރައްގީކުރުމުގައި އަމިއްލަ ފަރުދުންގެ ހިއްސާ އިތުރުކުރުމުގެ ބޭނުމުގައި “ސިއްހީ ހިދުމަތުގެ ޓްރަސްޓް ފަންޑް”ގެ ނަމުގައި ހުޅުވި ފަންޑު ފޮއްޓަށް ބ. އަތޮޅުން ލިބިފައިވަނީ -/9545ރ އެވެ.

އެގޮތުން ވެރިރަށް އޭދަފުށީގައި ބެހެއްޓި ފަންޑު ފޮއްޓަށް -/103ރ. ލިބިފައިވާއިރު، ކުޑަރިކިލުން 1223.34ރ، ކަމަދޫ -/220ރ، ކެންދޫ -/840ރ ކިހާދޫ -/1401ރ، ދޮންފަން -/320ރ ދަރަވަންދޫ -/1030ރ، މާޅޮސް -/151ރ ތުޅާދޫ -/1037ރ ހިތާދޫ 924.25ރ، ފުޅަދޫ -/1682ރ ފެހެންދޫ -/202ރ. އަދި ގޮއިދޫން ލިބިފައިވަނީ 407.50ރ. އެވެ.

އަދި ސިއްހީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެހެނިހެން ގޮތްގޮތުން -/14037.66ރ ލިބިފައިވާ ކަމަށް އަތޮޅު ހޮސްޕިޓަލުން ބުނެއެވެ. އަދި މެޑްޓެކް މޯލްޑިވްސް އިން-/624480 (ހަ ލައްކަ ސައުވީސް ހާސް ހަތަރުސަތޭކަ އަށްޑިހަ ރުފިޔާ) ގެ އޮޓޯމެޓިކް ބަޔޯކެމިސްޓް މެޝިނެއް، ތިން މަސްދުވަހަށް ފުދޭވަރަށް މެޑިކަލް ކޮންސިއުމަބަލް އާއެކު އެ ހޮސްޕިޓަލަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށްވެސް އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.

ހެލްތު ޓްރަސްޓް ފަންޑަށް ފައިސާ ހޯދުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަފާތު ހަރަކާތްތައް ހިންގާފައިވާއިރު މިއަތޮޅުގައި ސިއްހީ އިދާރާތަކުގައި ފަންޑު ފޮށި ބެހެއްޓުން ފިޔަވައި ފާހަނގަކޮށްލެވޭ ވަރުގެ ހަރަކާތެއް ހިންގާފައެއް ނުވެއެވެ.

ހެލްތު ޓްރަސްޓް ފަންޑަކީ ސިއްހީ ދާއިރާ އަށް ބޭނުންވާ ވަސީލަތްތަކާއި މީހުން ބިނާކޮށް އެ ދާއިރާ އިތުރަށް ތަރައްގީކުރުމުގެ ގޮތުން ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން ގާއިމުކޮށްފައިވާ ފަންޑެކެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. ފާތުން

    ފިނި ތަރުހީބުބަށް ވުރެ ފިޑި ތަރުހީބެއް….. ކޮބާ މިސްކިތު ފަންޑުށް ލިބުނު ފައިސާތައް.. މަރާމާތު ކުރާ މިސްކިތެއް ހަރާމް. ރަމްޒާން މަސް އައިސް ލައިގަތީ…… ބަހާއި އަމަލު ދިމަލެއް ނުވޭ

    ރައްދު
  2. sheen

    އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށަކީ އޭދަފުށި އެންމެ ވަޒީފާތަށްވެސް ގިނަރަށަކީ އޭގަފުށި ލަދުގަނޭ އެންމެ -/103 ޢޭބުނީމަ 200 މީހުން ހަމަ ނުވާރަށް ތަށްވެސް އެއަށްވުރެމާ ރަގަޅު.

    ރައްދު
  3. rashu kujja

    އޭދަފުށީގައި ބެހެއްޓި ފަންޑު ފޮއްޓަށް -/103ރ.މީއޭދަފުށީ ރައްޔިތުން ލަދު ގަންނަން ޖެހޭވަރުކަމެއް. ބ އަތޮޅު އާބާދީ އެންމެ ކުޑަ ރަށް ފެހެންދޫ -/202ރ ލިބިފަވޭ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.