
އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު އަނަންތާރާ ކިހާވަށް ވިލާސް އަދި ސޮނެވާފުށީ ރިސޯޓުން ބޮޑުކޮށްފި އެވެ.

އަނަންތަރާ ވަނީ އިއްޔެ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ލެގުން ގްރޭންޑްޕާކް ކޮއްދިއްޕަރު އަތުން ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ވާދަވެރިކޮށް ދިޔަ ފުރަތަަމަ ސެޓުން އަނަންތަރާ މޮޅުވީ 31-29 އިންނެވެ. ދެ ވަނަ ސެޓާއި ތިން ސެޓު ގެންދިޔައި 25-17 އަދި 25-21 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މި ފަހަރުގެ މުބާރާތުގައި އަނަންތަރާ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ގައުމީ ޓީމުގެ ކުޅުންތެރިއާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.
މި ދެ ޓީމު ކުޅޭ ސެމީ ފައިނަލް ދެ ވަނަ ލެގުގެ މެޗު އޮންނާނީ މާދަމާ ހަވީރު އަނަންތަރާގަ އެވެ.
މިއަދު ކުޅުނު ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ބަނޑޮސް އާ ވާދަކޮށް ސޮނެވާފުށި މޮޅުވީ 3-1 ސެޓުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކީ މި މުބާރާތުގައި ވެސް ތަފާތު މޮޅު ކުޅުމެއް ސޮނޭވާ އަށް ދައްކަމުން އަންނަ ގައުމީ ޓީމުގެ ކުޅުންތެރިއާ އަލީ ހުޒާމް އެވެ.
މި ދެ ޓީމު ކުޅޭ ސެމީ ފައިނަލް ދެ ވަނަ ލެގުގެ މެޗު އޮންނާނީ ހޯމަ ދުވަހު ހަވީރު ސޮނެވާފުށީގަ އެވެ.
މުބާރާތުގެ ފައިނަލު މެޗު އޮންނާނީ މި މަހު 30 ވަނަ ދުވަހު އެވެ.
