ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވަކިގޮތެއް ކަނޑައަޅަންދެން ވަޒީފާ އިން ސަސްޕެންޑްކުރި އޭދަފުށީ ކޯޓްގެ އިސް މެޖިސްޓްރޭޑް އަހްމަދު ލަތީފު ދަރަވަންދޫ ކޯޓަށް ބަދަލުކޮށްފި އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުތެރޭ އަހްމަދު ލަތީފް ސަސްޕެންޑްކުރީ އޭނާއާ މެދު އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ބަލައި ނިމެންދެން ކަމަށް ޖޭއެސްސީން ކުރިން ވަނީ ބުނެފަ އެވެ. އެކަމަކު ބަލަނީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ނުބުނެ އެވެ.
އޭނާ ސަސްޕެންޑު ކޮށްފައި ވަނީ ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ތަޙުގީގު ކޮމިޓީން އެ މައްސަލައިގެ ތަޙުގީގު ފުރިހަމަކޮށް، އެ ކަމުގެ ރިޕޯޓު ކޮމިޝަނަށް ހުށަހަޅާ، ގާނޫނުގައިވާ ގޮތުގެމަތީން ލިބިދެވެން ޖެހޭ ފުރުސަތަކަށް ފަހު، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެނެވެ.