ފެނުގެ ހިދުމަތަށް އަދި ރަޖިސްޓްރީކުރީ 97 ގެއިން: ކައުންސިލް

ބޯފެނުގެ ނިޒާމް މަޝްރޫއުގެ ދަށުން ފެން ޕްލާންޓްތައް ބަހައްޓާ ސައިޓް މިއަދު މަސައްކަތް ކުރަނީ. ފޮޓޯ: ތޯރިގް/އީޓީ

އޭދަފުށީގައި ގާއިމުކުރަން ހަމަޖެހިފައިވާ ބޯފެނުގެ ނިޒާމަށް އެދި މިހާތަނަށް ރަޖިސްޓްރީކޮށްފައި ވަނީ 97 ގެއިން ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލް އަބްދުއްރަހްމާން މިއަދު ވިދާޅުވީ މިރަށުގައި 598 ގޭބިސީ ހުންނައިރު އަދި މިހާތަނަށް ރަޖިސްޓްރީކުރި ގޭބިސީގެ އަދަދު މަދު ކަމަށެވެ.

ފެނުގެ ހިދުމަތަށްއެދި ރަޖިސްޓްރީވާން ރަށު ކައުންސިލުން ހުޅުވާލީ މިދިޔަ މަހުގެ 20 ގަ އެވެ.

އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ގޭގެއަށް ފެން މީޓަރު ގުޅައިދޭން އެދި މިމަހުގެ 20 ގެ ކުރިން ހުށަހަޅާ ފަރާތްތަކަށް ހިލޭ ގުޅައިދޭނެ އެވެ. ނަމަވެސް އޭގެ ފަހުން މި މަޝްރޫއުގެ މަސައްކަތް ނިންމުމަށްފަހު ހިދުމަތް ގުޅައިދިނުމަށް ފީއެއް ނަގާނެ ކަމަށްވެސް ރަށު ކައުންސިލުން ބުންޏެވެ.

މިދިޔަ އޯގަސްޓްމަހު އަމަލީ މަސައްކަތްފެށި މި މަޝްރޫއު 6 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.

އޭދަފުށީގައި ފެނުގެ ނިޒާމް ގާއިމްކުރަން ހަރަދު ކުރަނީ އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ ލޯނާއި ދިވެހި ސަރުކާރުންނެވެ. އެ މަޝްރޫއަށް 74.3 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ.

މި މަޝްރޫއުގެ ތެރޭގައި އޭދަފުށިގައި 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް އަދި 192 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ އެވެ. އަދި ރަށުގެ ހުރިހާ ސަރަހައްދެއްގައި ފެންހޮޅި ވަޅުލައި ރަށުގައި ފެން އުފައްދާ ޕްލާންޓެއް ބަހައްޓައި ފަސޭހަކަމާއެކު ރައްޔިތުންނަށް ފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. މާލެކުޑަސޮރު

    ތިކަމުންވެސް އެނގިގެން ތިޔަދިޔައީ އަހަރެމެން އަދި ފެނުގެ ޚިދުމަތަށް ތައްޔާރުނޫންކަން. އަދި ކޮންމެރަށެއްގައި ނަރުދަމާ ގާއިމްކޮށްދޭން ޖެހޭކަން. ސަބަބަކީ އޭދަފުށިކަހަލަ ބޮޑުރަށެއްގައި އަދި އަމުދުން ގުޅައިދިނުމަށް އެއްވެސް އެއްޗެއް ނުނަގާއިރު 598 ގޭބިސީތެރެއިން 97 އަކީ ވަރަށްވެސް މަދު އަދަދެއް. ކޮންމެ ރަށެއްގައި ނަރުދަމާއެއް އަލައިދެނިކޮށް އަދިވެސް ފެނުގެ ޚިދުމަތް ނުފަށާ ވިއްސަކަށް ތިރީހަކަށް އަހަރުވެސް އެއްވެސް ދައްޗެއްނެތި ބިމުންވެސް ފެންލިބޭނެ. އެއީ ވެހޭފެން ބިމަށް ހިނދޭނަމަ. ރައްޔިތުންނާމެދު އެއްވެސް ސަރުކާރެއްގެ އިޚްލާސްތެރިކަމެއް ނެތީމާ މިބުނަނީ ނަރުދަމާއާއެކު ފެން ނާޅައިފިއްޔާ ފެންފަށަލަ ހަލާކުވާނެ<<<<<<<>>>>>>>! ކޮންތާކު. ބުހުތާން ދޮގު. ބިމަކާ އޭގެ ޒާތުގައި ފެން އުފެދޭ ތަނެއްނޫން. ބިމުގައި ހުުންނަނީ ވެހޭ ވާރޭފެން. އެފެން ގިނައިން ނެގޭތީ ފެންލޮނުވެ، ފާވަސްވެސް ދުވަނީ. ކޮންމެރަށެއްގައި ނަރުދަމާއެއް އެޅެނިކޮށް އެއޮތީ ރައްޔިތުންނަށް އަގުނުކުރެވޭފަދަ ޖަވާހިރެއް ލިބިފަ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.