ރޮހިންޖާ ފަންޑަށް އޭދަފުށިން ބައިލައްކައަށް ވުރެ ގިނަ ރުފިޔާ!

ރޮހިންޖާގެ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް، އޭދަފުށީ ކައުންސިލުން އިސް ނަގައިގެން މިރަށުގައި ބެހެއްޓި ފަންޑް ފޮށްޓަށް ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ މިއަދު މެންދުރުފަހު ފަންޑްފޮށި ގުނިއިރު ބައި ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ދިވެހި ފައިސާގެ ގޮތުގައި 56095.75 ރުފިޔާ އާއި 299 ޑޮލަރު ހިމެނެ އެވެ.

ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް އޭދަފުށީ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތް މިރަށުގައި ފެށީ މިދިޔަ ހުކުރު ދުވަހު އެވެ. އެގޮތުން ހަފްތާއެއްހާ ދުވަސް ވަންދެން ފަންޑް ފޮށީ ބަހައްޓާފައިވަނީ ސްކޫލުގަ އާއި އަތޮޅު ހޮސްޕިޓަލު އަދި އާއްމުކޮށް މީހުން އެއްވެ އުޅޭ ބައެއް ތަންތަނުގަ އެވެ.

ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް މިއަތޮޅުގެ އެހެން ރަށްރަށުގައިވެސް ފަންޑް ފޮށިތައް ބަހައްޓައި ކާމިޔާބު ހަރަކާތްތަކެއް ހިންގައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. މާލެކުޑަސޮރު

    އޭދަފުށިކަހަލަ “ބޮޑު” ރަށަކުން ތިޔަ ނެރެވުނީ ލައްކަ “ބޮޑު” އެއްޗެކެވެ. ތިއީ ގިނަވެގެން ޖުމްލަ 60706.33 ރުފިޔާއެވެ. އެއީ އޭދަފުށީގެ އާބާދީއަކީ 3000 މީހުން ކަމަށް ބަލަންޏާ ބޮލަކަށް 20.26 ރުފިޔާއެވެ. އަދި އާބާދީ ތިންހާހުންމަތިވާ ކޮންމެ މިންވަރަކުން ބޮލަކަށް ޖެހޭ ޢަދަދު މިއަށް ވުރެވެސް މަދުވާނެއެވެ. އަތޮޅުތެރޭގެ އެހެންރަށްރަށުން އެރަށެއްގެ އާބާދީގެ ނިސްބަތުން ބަލައިފިއްޔާ ތިއަށްވުރެ މާ އެދެވޭ ނަތީޖާ އެހެން ރަށްރަށުން ނެރެފައި އެބަހުއްޓެވެ.
    ވެދުން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.