ފަސްޓް އެއިޑް ތަމްރީން ޕްރޮގްރާމެއް ހިންގައިފި

ޓްރޭނިން ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިއަކަށް ސެޓްފިކެޓް ދެނީ. ފޮޓޯ/ފޭލި

ސޮނެވާފުށީ ރިސޯޓާއި ފޭލި ޖަމިއްޔާ އޭދަފުށީގަިއ ފަސްޓް އެއިޑް ޓްރޭނިން ޕްރޮގްރާމެއް ހިންގައިފި އެވެ.

“ފަސްޓް އެއިޑް އެންޑް ލައިފް ގާޑް ޓެރޭނިން” ގެ ނަމުގައި މިއަދު ހިންގި މި ޕްރޮގްރާމްގެ ބޭނުމަކީ މޫދުގައި ދިމާވާ ހާދިސާތަކާ ގުޅިގެން ގެއްލުންލިބޭ މީހުންނަށް އަވަސް ފަރުވާދިނުމާއި ފުރާނަ ސަލާމަތްކުރުށް މީހުން ސަލާމަތްކުރާނެގޮތުގެ ފަންނީ އުކުޅުތައް ދަސްކޮށްދިނުމެވެ.

އަމަލީ ކްލާސް ތަކުގެ އިތުރުން، ފަސްޓް އެއިޑް ދިނުމުގައި ބައިވެރިންނަށް އެނގެން ޖެހޭ ފަންނީ މައުލޫމާތު، ތިއަރީ ކްލާސް ތަކުގައި ކިޔައި ދީފައިވެ އެވެ.

ފަސްޓް އެއިޑް ތޤރީން ޕްރޮގްރާމުގެ ބައިވެރިންނާއެކު އިންސްޓްރަކްޓަރުން- ފޮޓޯ / ފޭލި

އެއް ދުވަހުގެ މި ތަމްރީން ޕްރޮގްރަމްގައި އޮފީސްތަކުގެ ބައެއް ބައެއް މުވައްޒަފުންނާއި އާއްމުންގެ އިތުރުން ބެލެނިވެރިންންނާއި ސްކޫލު ދަރިވަރުންނާ އެކު 25 މީހުން ބައިވެރިވި އެވެ.

ފޭލިން ބުނީ ފަސްޓް އެއިޑް އެންޑް ލައިފްގާޑް ޓްރޭނަރުން ތަމްރީން ކުރުމަށް ހިންގި ޕްރޮގްރާމްގައި ދިން މައުލޫމާތާއި ތަޖުރިބާތައް އެހެން މީހުންނާ ވެސް ބައިވެރިން ހިއްސާކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ސެނާފުށިން ވަނީ މި ޕްރޮގްރާމު މިއަތޮޅު މާޅޮސް އަދި ގޮއިދޫގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.