މުއައްސަސާތަކުން ފަންސާހެއްހާ މީހުން ނިކުމެ އޭދަފުށި ސާފުކޮށްފި

އޭދަފުށި ސާފުކުރުމުގެ ހަރަކާތުގައި މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވަނީ. –ފޮޓޯ: ތޯރިގް/އީޓީ

އޭދަފުށީ ކައުންސިލުން އިސްނަގައިގެން އެހެން މުއައްސަސާތަކާއި އާއްމުން ގުޅިގެން މިއަދު އޭދަފުށި ސާފުކޮށްފި އެވެ.

ބައިނަލް އަގްވާމީ ކޯސްޓަލް ކްލީން އަޕް ޑޭ ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު ފެށި ސާފުކުރުމުގެ ހަރަކާތުގައި ސަރުކާރުގެ އެކި މުއައްސަސާތަކުން ފަންސާސްހާހެއްހާ މީހުން ބައިވެރިވި އެވެ. މި އިވެންޓް ކުރިއަށް ދިޔައިރު ކޮންމެ ވަރަކަށް އާއްމުންވެސް ބައިވެރިވި އެވެ.

އޭދަފުށި ސާފުކުރުމުގެ ހަރަކާތުގައި މުއައްސަސާތަކުގެ މުވައްޒަފުން . –ފޮޓޯ: ތޯރިގް/އީޓީ

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ މިއަދު ރަށް ވަށައިގެން ސާފުކުރިއިރު ގަޑިއެއްހާއިރު ތެރޭ އެންމެ ބޮޑެތި ބާޒާރު ކޮތަޅުގެ 100 އަށް ވުރެ ގިނަ ކޮތަޅުގެ ކުނި އެއްކުރެވިފައިވާ ކަމަށެވެ

“ރަށް ވަށައިގެން ނެގި ކުނީގެ ތެރޭގައި ޕްލާސްޓިކް ފުޅި އާއި ލުއިބުއިން ހުސްކުރި ދަޅާއި ޕެކެޓް ގިނަ އަދަދަކަށް ނެގުނު. އެގޮތުން އެކި ކަހަލަ ކުނި ވަކިކޮށް އެއްކުރެވުނު ހުރިހާ ކުނިތައް ވަނީ ކުނި ގޮނޑަށް ޖަމާކޮށްފައި،”

އޭދަފުށި ސާފުކުރުމުގެ ހަރަކާތުގައި މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވަނީ. –ފޮޓޯ: ތޯރިގް/އީޓީ

ތޮލާލު ވިދާޅުވި ގޮތުގައި ބައިނަލް އަގްވާމީ ގޮނޑުދޮށް ސާފުކުރުމުގެ ދުވަހާ ގުޅިގެން މިއަދު މިރަށް ވަށައިގެން ސާފުކުރިއަސް އެންމެ މުހިއްމީ ސާފުތާހިރުކޮށް ރަށް ބޭއްވުމެވެ. އެގޮތުން ރަށް ސާފުކުރަން މިއަދު ނިކުތް އެތައް ބަޔަކަށް އެ މެސެޖް ލިބިފައިވާއިރު ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކުރަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭދަފުށި ސާފުކުރުމުގެ ހަރަކާތުގައި މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވަނީ. –ފޮޓޯ: ތޯރިގް/އީޓީ

“ފަރުދީ ޒިންމާ އެބައޮތް ގޮނޑުދޮށާއި އަތިރި މައްޗަށް ކުނި ނޭޅުމުގައި. ކޮންމެ މީހަކު ވެސް އެ ޒިންމާ އަދާކުރަން ޖެހޭ ކަމަށް އަޅުގަނޑުމެން ދޭން ބޭނުންވާ މެސެޖަކީ. އޭގެ އިތުރުން މިހާރު ކޮންމެވެސް ވަރަކަށް ބަނދަރުގެ އެކި ސަރަހައްދު ތަކުގަ އާއި އާއްމުކޮށް މީހުން ގޮސްއުޅޭ ސަރަހައްދުތަކުގައި ބަހައްޓާފައިވާ ޑަސްބިންތަކަށް އުނި އަޅާނަމަ މިކަމަށް ކޮންމެވެސް ހައްލެއް ލިބިދާނެ ކަމަށް މި ހަރަކާތުން އަޅުގަނޑުމެންނަށް ފާހަގަވި،” ތޮލާލު ވިދާޅުވި އެވެ.

އޭދަފުށި ސާފުކުރުމުގެ ހަރަކާތުގައި އާއްމުން ބައިވެރިވަނީ. –ފޮޓޯ: ތޯރިގް/އީޓީ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.