އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތް އަންނަމަހު 15 ގައި ބާއްވަނީ

މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗްގައި ކިހާދް މޯލްޑިވްސް އާއި ޓީ.އެސް.އެމް.އައި.ސީ ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އިންޓަ ރިސޯޓް ފުޓްބޯޅަ އަންނަމަހު 15 ގައި ބާއްވަން ނިންމައިފި އެވެ.

އެ ކްލަބުން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެނީ މިއަތޮޅުގައި ހިންގާ ރިސޯޓް ތަކަށެވެ.

މި މުބާރާތަކީ ބ. އަތޮޅުގެ ރިސޯޓްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖްތިމާއީ ރޫހާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ․

އޭދަފުށީ ޒުވާނުންގެ ކަލްބުން ބުނީ، މި މުބާރާތަކީވެސް ކާމިޔާބު، ފުރިހަމަ އަދި ފޯރިގަދަ މުބާރާތަކަށް ވާނެކަމަށް އުއްމީދު ކުރާ ކަމަށެވެ․

ޒުވާނުންގެ ކްލަބުން ބުނި ގޮތުގައި މި މުބާރާތުގައި މިއަހަރު ވާދަކުރާ ޓީމްތަކުގެ ތެރެއިން ޗެންޕިއަން އަދި ރަނައަޕް ޓީމަށް އަންނަ އަހަރުގެ އަޟްހާ އީދުގައި ބާއްވާ ޕްރެންޑްލީ ޔޫތް ކަޕްގައި ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.

މި މުބާރާތަކަކީ 2013 ވަނަ އަހަރު ކޮމްބިނޭޝަން (ސީސީ) އިން ތައާރަފުކުރި މުބާރާތެކެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން މި މުބާރާތް ބާއްވަމުން އަންނަނީ ޒުވާނުންގެ ކްލަބުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޔޫއްޓެ

    “ވާނުންގެ ކްލަބުން ބުނި ގޮތުގައި މި މުބާރާތުގައި މިއަހަރު ވާދަކުރާ ޓީމްތަކުގެ ތެރެއިން ޗެންޕިއަން އަދި ރަނައަޕް ޓީމަށް އަންނަ އަހަރުގެ އަޟްހާ އީދުގައި ބާއްވާ ޕްރެންޑްލީ ޔޫތް ކަޕްގައި ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ”

    މިއީ އަޅުގަނޑަށް އެހާ ބަލައިގަނެވޭނެ ނިންމުމެއް ނޫން.
    ސަބަބަކީ ގިނައިން އޭދަފުށި ޓީމުތަކުގައި ހިމެނެނީ ކައިރި ރިސޯޓް ތަކުގައި ވާދަކުރާ އޭދަފުއްޓަށް އުފަން ކުޅުންތެރިންނަށް ވެފައި، އޭދަފުށީގެ ޓީމުތައް އެކުލަވާލުމުގައި އެންމެ ފަހުވަގުތު މައްސަލަތަކެއް ކުރިމަތިވާނެތީވެ.
    ކުރިން އަހަރެއްގައިވެސް މިހެން ވަނީ ދިމާވެފައި.
    އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތް ރިސޯޓުތަކަށް ނުފުދެނީތޯ؟
    ހެޔޮނުވާނެ! ބޮޑުއީދު މުބާރާތް އޭދަފުށީގެ ޓިމުތަކަށް ހާއްސަ ކޮށްފައި ބޭއްވުމަށް ވަރަށް އަދަބުވެރިކަމާއި އެކު “އޭދަފުށީ ޒުވާނުންގެ ކަލްބުގެ” އަރިހުން އެދެން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.