ސީގިއާ އިން ހަންޓޭ ސްޕޮންސާކޮށްފި

ސީގިއާ އިން ހަންޓޭއަށް ކައިޓް ކިޓް ހަވާލުކުރަނީ. އެ ފިހާރައިން ހަންޓޭ އެއް އަހަރަށް ވަނީ ސްޕޮންސާކޮށްދީފައި

ބ. ގޮއިދޫއަށް އުފަން އުމުރުން 14 އަހަރުގެ ހުނަރުވެރި ކައިޓްސާފަރު ހަސަން މާހިރު (ހަންޓޭ) ސީގިއާ މޯލްޑިވްސް އިން ސްޕޮންސާކޮށްފި އެވެ.

މޫދު ކުޅިވަރުގެ ސާމާނާއި ކަނޑު އުޅަނދަށް ބޭނުންވާނެ ސާމާނުތައް ވިއްކާ ސީގިއާ މޯލްޑިވްސްގެ އިއްޔެ ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެތަކެތި ހަންޓޭ އާއި ހަވާލުކޮށްދެއްވީ އެ ފިހާރައިގެ ޖެނެރަލް މެނޭޖަރު ހުސެއިން އަބްދުﷲ އެވެ.

ގޮއިދޫ ވޯޓަ ސްޕޯޓްސްގައި މަސައްކަތް ކުރާ ހަސަން ނިޒާމް ބުނީ ސީގިއާ ގެ މި ސްޕޮންސަޝިޕްގެ ދަށުން ހަންޓޭއަށް ކައިޓް ކިޓަކާއެކު އެއް އަހަރު ދުވަހަށް ސްޕޮންސާކޮށްދީފައިވާ ކަމަށެވެ.

ނިޒާމު ބުނީ ސީގިއާ ގެ މި ސްޕޮންސާގެ ސަބަބުން ހަންޓޭ ކައިޓީން ދާއިރާގައި ކުރިއަށް ދިއުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.

ހަންޓޭ ވަނީ މިދިޔަ ޖުލައިމަހު 13ން 17ށް ލަންކާގެ ކޮލްޕިޓިއާގައި ކުރިޔަށްދިޔަ “ރެޑްބުލް ހީރޯ ޓުއާ”ގައި އޭނާގެ ހުނަރުދައްކާލައި ގިނަ ބަޔަކު އަންތަރީސް ކޮށްލައިފަ އެވެ. މިހާރު އޭނާއަކީ ކައިޓް ސާފިންގެ ރާއްޖޭގެ ކުރިމަގުކަން އެންމެންނަށް ވެސް ގަބޫލު ކުރެވެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ހަންޓޭގެ ސަޕޯޓަރެއް

    ސާބަހޭ ހަންޓޭ ތިޔައީ އިންޝާ ﷲ ބ. އަތޮޅަށް ރީތި ނަން ހޯދާދޭނެ ކުއްޖެއް އަދި ހަންޓޭފަދައިން ކައިޓް ސާރފިންގ ކުރަން މޮޅު ކުދިން ގޮއިދޫގަ އެބަތިބި މިސާލަކަށް އަބާން، ސަރުހާން އަދި ޒަޔާން މިހުރިހާކުދިންނަށްވެސް މިރޮނގުގައި ކުރިއަށް ދިއުމުގެ ފުރުސަތު ވަރަށްބޮޑު. ޝުކުރިއްޔާ ގޮއިދޫ ވޯޓާސްޕޯޓްސް

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.