ރޮހިންޖާ މީހުންނަށް އެހީވާން ފުޅަދޫ ރައްޔިތުން ފާނަ އަށް

ރޮހިންޖާ ފަންޑަށް ފައިސާ ހޯދުމަށް ފުޅަދޫ ރައްޔިތުން ފާނައިގެ މަސްވެރިކަމަށް ނުކުމެ.

ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީވާން ފުޅަދޫ ރައްޔިތުން ފާނައިގެ މަސްވެރިކަމަށް ނުކުމެއްޖެ އެވެ.

ފުޅަދޫ ކައުންސިލުގެ ނައިބް ރައީސް މުހައްމަދު ނަދީމް ވިދާޅުވީ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ފައިސާ ހޯދުމަށް އެރަށު ރައްޔިތުން ފާނައިގެ މަސްވެރިކަމަށް މިއަދު ނިކުމެފައިވާ ކަމަށެވެ. އެގޮތުން ދެ ދުވަހު ފާނައިގެ މަސްވެރިކަން ކޮށްގެން ލިބޭ ފައިސާ ރޮހިންޖާ ފަންޑަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

“ރޮހިންޖާ މުސްލިމުންނަށް އެހީވާން ފައިސާ ހޯދުމަށް ހިންގާ ހަރަކާތެއް މިއީ، 4 ދޯނި މިއަދު ވަނީ ފާނައިގެ މަސްވެރިކަމަށް ފުރާފައި. އެގޮތުްނ ދެ ދުވަސް ވަންދެން ފާނައަށް ގޮސް ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރާނީ ރޮހިންޖާ ފަންޑަށް،” ނަދީމް ވިދާޅުވި އެވެ.

ރޮހިންޖާ ފަންޑަށް ފައިސާ ހޯދުމަށް ފުޅަދޫ ރައްޔިތުން ފާނައިގެ މަސްވެރިކަމަށް ނުކުމެ.

ރޮހިންޖާގެ މުސްލިމުންނަށް އެހީވާން މިއަތޮޅުގެ އެހެން ރަށްރަށުގައި ވެސް އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އަދި ބައެއް ރަށްރަށުގައި ވަނީ ތަފާތު ހަރަކާތްތަކާއި ފަންޑްފޮށި ބަހައްޓައި ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދައިފަ އެވެ.

މިއަންމާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަނިޔާވެރި އަމަލުތަކާ ހެދި އެތައް ހާސް ބަޔަކު މިހާރު ވަނީ ބަނގްލަދޭޝް އަށް ހިޖުރަ ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޒުވާނާ

    ޝުކުރިއްޔާ ފުޅަދޫގެ ރައްޔިތުންނަށް.. ފުޅަދޫ އަކީ ކުޑަކުޑަ އާބާދީއެއް އޮންނަ ރަށަކައްވިޔަސް ރަށުގެ ރީތިކަމާއި އެއްވަރަށް ރައްޔިތުންގެ ކިބާގައި އެކުވެރިކަމާ މަރުހަބާ ކިޔުމުގެ ރީތިއާދަކާދަތައް ދަމަހައްޓައި ގުތުރަތީ ރީތިކަމުން ވެސް ލާމަސީލު ރަށެއްކަން ޔަގީން… ސަރުކާރުން މިރަށުގެ ތަރައްޤީއަށް ވިސްނާނެކަންވެސް ޔަގީން..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.