ޕްރިންސިޕަލުންނަށް ލައިފް ސްކިލް ވޯކްޝޮޕެއް ބާއްވައިފި

ޕްރިންސިޕަލުންނަށް ބޭއްވި ބައްދަލުވުން — ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެޑިއުކޭޝަން މިނިސްޓްރީން ކުރިޔަށް ގެންދަން ނިންމާފައިވާ “ދިރިއުޅުމުގެ ހުނަރު” ޕްރޮގްރާމަށް ރ. އަދި ބ. އަތޮޅުގެ ޕްރިންސިޕަލުން އަހުލުވެރި ކުރުވުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި އެވެ.

“ދިރިއުޅުނުމުގެ ހުނަރު” ޕްރޮގްރާމަކީ ގްރޭޑް ހަޔަކުން މަތީގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. 2011 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ މި ޕްރޮގްރާމްގައި ހިމެނެނީ މުއާމަލާތްކުރުމުގެ ހުނަރާއި، ނަފްސު ދެނަގަތުމާއި ތަރައްގީ ކުރުމުގެ ހުނަރާއި ކަންކަމުގައި ގޮތް ނިންމާނެގޮތުގެ ހުނަރުފަދަ ތަފާތު ހުނަރުތައް ދަސްކޮށްދިނުމެވެ.

މިމަހުގެ 15 ން 17 އަށް ދަރަވަންދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މި ދެ އަތޮޅުގެ ސްކޫލްތަކުން 20 ޕްރިންސިޕަލުން ބައިވެރިވި އެވެ.

އެޑިއުކޭޝަން ބުނި ގޮތުގައި ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގެ ބޭނުމަކީ ޕްރިންސިޕަލުންނަށް ދިރިއުޅުމުގެ ހުނަރު ޕްރޮގްރާމްގެ މަގުސަދާއި މައުލޫމާތު އިތުރަށް ބުނެދީ މިޕްރޮގްރާމް ކާމިޔާބުކަމާއެކު ސްކޫލްތަކުގެ ދަރިވަރުންނަށް ކުރިއަށް ގެންދާނޭގޮތްތައް އޮޅުންފިލުވައި ދިނުމަށް ކަމަށެވެ.

މީގެ އިތުރުން ދަރިވަރުންނަށް ދިރިއުޅުމުގައި ކުރިމަތިވާ އެކިކަންކަމާ ކުރިމަތިލާއިރު މިފަދަ ހުނަރުތައް ސްކޫލް ދައުރުގައި ލިބިފައިހުރުމުގެ މުހިއްމުކަން ދެނަގަތުމާއި ގުޅޭގޮތުން ވެސް ޕްރިންސިޕަލުންނަށް މި މަސައްކަތު ބައްދަލުވުމުގައި މައުލޫމާތުދެވުނު ކަމަށް މިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. މާމަކުނުދޫ ބޮޑު ޢީސަ

    ކިތަންމެ ބައްދަލުވުންތަކެއް ބޭއްވިޔަސް ތި ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންނަކީ ރަށަށް ދުރުވުމަށްފަހު، ތަމްރީނު ޕްރޮގުރާމެއްގައި ބައިވެރިވިކަން ހަނދާން ވެސް ނުބަހައްޓަވާ ބޭފުޅުން. ދެން ކުދީންނަށް ކުރާނީ ކޮން ފައިދާ އެއްތޯ؟؟؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.