އާދަޔާ ހިލާފަށް މެހި ގިނަވީ ގަވައިދާ ޚިލާފަށް ކުނި އެޅުމުން

މެހި ނައްތާލަން ކުނި ކޮށްޓަށް ސްޕްރޭ ކުރަނީ / ފޮޓޯ: އަތޮޅު ހޮސްޕިޓަލް

އޭދަފުށިގައި މިހާރު އާދަޔާ ހިލާފަށް މެހި ގިނަވެފައި ވަނީ ކުނި އުކުމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ގަވައިދާ ޚިލާފަށް ޑަސްބިން ކުނި، ކުނި ކޮށްޓަށް އެޅުމުން ކަމަށާއި މެހި ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭދަފުށީ ކައުންސިލުން މިއަދު ބުނެފި އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ، ދާދިފަހުން ކުރި ވިއްސާރައިގައި ގަވައިދާ ޚިލާފަށް ކުނި ކޮށްޓަށް ޑަސްބިން ކުންޏާއެކު ކާބޯ ތަކެތި އަޅާފައިވާތީ، އެތަކެތި ނައްތާލުމުގައި ދަތިތަކާ ދިމާވެފައިވާ ކަމަށެވެ.

މިރަށުގައި އާދަޔާ ހިލާފަށް މެހި ގިނަ ވެފައި ވާއިރު ރަށު ކައުންސިލުން ބުނިގޮތުގައި އަތޮޅު ހޮސްޕިޓަލާ ގުޅިގެން އިއްޔެ އިން ފެށިންގެން ކުނި ކޮށްޓަށް ކެމިކަލް ސްޕްރޭ ކުރަން ވަނީ ފަށައިފަ އެވެ.

އެގޮތުން ކުނި ކޮށީގައި ޖަމާވެފައިހުރި ކުނި ބުނީގެ ތެރެއިން ނައްތާނުލެވި ހުރި ކުނި ބުނިތަކުގެ ތެރެއަށް އަތޮޅު ހޮސްޕިޓަލާ ގުޅިގެން ކެމިކަލް ސްޕްރޭ ކުރަމުން ގެންދާ ކަމަށް ވެސް ރަށު ކައުންސިލުން ބުންނެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މެއްސާ މަދިރީގެ އުނދަގޫވެސް މިދުވަސްވަރު ރަށުތެރޭގައި ބޮޑުކަމަށާ، ބޭރަށް ހިންގުމާ، ހުމުގެ ރޯގާއަށް ހޮސްޕިޓަލްގައި މިދުވަސްކޮޅު ރެކޯޑް ކުރެވޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.

މެހީގެ ސަބަބުން ބޭރަށް ހިންގުމާއި ފުރާނަ އަށް ނުރައްކާތެރި ބަލިތަކަށް މަގުފަހިވާތީ މެހިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ބ. އަތޮޅު ޕަބްލިކް ހެލްތު ޔުނިޓުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ކާބޯތަކެތި ގެންގުޅުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެ ހޮސްޕިޓަލުން އިލްތިމާސްކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.