ބ. އަތޮޅުގެ ތިން ކައުންސިލަކަށް ހޯމް މިނިސްޓްރީން މާލީ އެހީ ދީފި

ހޯމް މިނިސްޓަރު އަޒްލީން (ވ) މާލީ އެހީތެރިކަން ދިނުމުގެ ލިޔުން ކައުންސިލަކަށް ހަވާލުކޮށްދެއްވަނީ.–ފޮޓޯ: ހޯމް މިނިސްޓްރީ

ރަށްރަށުގައި ހިންގަމުން އަންނަ އިޖުތިމާއީ ބައެއް މަސައްކަތްތައް ކުރުމަށް، ހޯމް މިނިސްޓްރީން ބ. އަތޮޅުގެ ތިން ކައުންސިލަކަށް މާލީ އެހީތެރިކަން ދީފި އެވެ.

އެގޮތުން މިއަތޮޅުން މާލީ އެހީތެރިކަން ދީފައިވަނީ މިއަތޮޅުގައި އެމްޑީޕީގެ ތާއީދު ވަރަށް ބޮޑު ރަށްރަށުގެ ގޮތުގައި ފާހަގަކުރެވިފައިވާ މާޅޮސް، ތުޅާދޫ އަދި ދަރަވަންދޫ ކައުންސިލަކަށެވެ. މި ރަށްތަކުގެ ހުރިހާ ކައުންސިލަރުންނަކީ ވެސް އެމްޑީޕީގެ ކައުންސިލަރުންނެވެ.

މިއަތޮޅުގެ މި ތިން ރަށާއެކު ޖުމްލަ 14 ރަށަކަށް ފައިސާގެ އެހީގެ ގޮތުގައި ތިން މިލިއަން ރުފިޔާގެ އެހީގެ ދީފައިވެ އެވެ.

ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ރަށްރަށަށް އެހީގެ ލިޔުން ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އެވެ. އެގޮތުން 14 ރަށަށް ތިން މިލިއަން ރުފިޔާގެ އެހީގެ ދިފައިވެ އެވެ.

އެ އެހީން މާޅޮހު ކައުންސިލުން އެރަށު އިޖްތިމާއީ ހޯލު ތަރައްގީ ކުރަން ހަމަޖައްސާފައިވާއިރު، ދަރަވަންދޫ ކައުންސިލުން ހަމަޖައްސާފައިވަނީ އެ ފައިސާއިން އެ އެރަށު މަގު ބައްތި އިތުރު ކުރުމުގެ މަޝްރޫއަށް ޚަރަދު ކުރުމަށެވެ. ތޫޅާދޫ ކައުންސިލުން މި އެހީން ދަށުން އެރަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރާނެ އެވެ.

އެހީގެ ލިޔުން ކައުންސިލްތަކަށް ހަވާލުކޮށްދެއްވުމަށް ފަހު މިނިސްޓަރު އަޒްލީން ވިދާޅުވީ މިއަހަރު 51 ރަށަކުން 78 ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ފޯމުތައް އިވެލުއޭޓުކުރުމަށް ފަހު އެހީ ދޭން ނިންމީ 14 ކައުންސިލަކަށެވެ.

މިނިސްޓްރީން ދިން އެހީގައި އެއް އަހަރުގެ ތެރޭގައި އެ މަސައްކަތްތައް ނިންމަންޖެހޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޅަހުއްތު

    ” މި އަތޮޅުން މާލީ އެހީތެރިކަން ދީފައިވަނީ މިއަތޮޅުގައި އެމްޑީޕީގެ ތާއީދު ވަރަށް ބޮޑު ރަށްރަށުގެ ގޮތުގައި ފާހަގަކުރެވިފައިވާ މާޅޮސް، ތުޅާދޫ އަދި ދަރަވަންދޫ ކައުންސިލަކަށެވެ.” މި ޚަބަރުގައި އެމްޑީޕީ ގެ ވާހަކަ އޮތުމުން ދޭހަވަނީ ލިޔުންތެރިޔާ މާބޮޑަށް ވެސް އެމްޑީޕީ ދެކެ ޖޭ ވަނީ ކަމަށް. ވ.ސަލާމް

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.