ބ. އަތޮޅު ކައުންސިލުގެ ބަށި މުބާރާތް މި އަހަރަކު ނެތް

ބަށި މުބާރާތުގަިއ މިދިޔަ އަހަރު ކުޅެނި. މިއަހަރު މި މުބާރާތް ނުބާއްވަން ވަނީ ނިންމާފައި.- ފައިލް ފޮޓޯ

ފަހަކަށް އައިސް ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއާ ދިމާކޮށް ބ. އަތޮޅު ކައުންސިލުންް ބާއްވަމުން އައި ބ. އަތޮޅު ބަށި މުބާރާތް މި އަހަރު ނުބާއްވާ ގޮތަށް ނިންމައިފި އެވެ.

ބ. އަތޮޅު ކައުންސިލުން ބުނިގޮތުގައި މުބާރާތް ނުބާއްވަން ނިންމީ ރަށްރަށުން އެކަށިގެންވާ ތަރުހީބެއް ނުލިބޭތީ އެވެ.

އެނގިފައިވާ ގޮތުގައި މިއަހަރު މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އޭދަފުށިން އެކަންޏެވެ.

ރާއްޖޭގެ ތާރީހީ ކުޅިވަރެއް ކަމަށްވާ ބަށި ތަރައްގީކޮށް މުބާރާތްތަކުގައި ވާދަ ނުކުރެވޭ އަންހެން ކަނބަލުންތަކަށް އެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އަތޮޅު ކައުންސިލުން މި މުބާރާތް ބާއްވަން ފެށީ މީގެ ތިން އަހަރު ކުރިންނެވެ. މިދިޔަ އަހަރު މި މުބާރާތުގައި ވާދަކުރީ ހަތަރު ރަށުންނެވެ.

ބ. އަތޮޅު ބަށި މުބާރާތް މިއަހަރު ނުބާއްވަން ނިންމިއިރު، ބ. އަތޮޅަށް އެކި ދާއިރާތަކުން ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށާއި އެކި ގޮތްގޮތުން ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން މިދިޔަ އަހަރު ދޭން ފެށި “ރަންނާ އެވޯޑް” ވެސް މިއަހަރު ނުބާއްވަން އަތޮޅު ކައުންސިލުން ވަނީ ނިންމައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.