އައިޔޫއެމްގެ މި ސަރަހައްދުގެ ކެމްޕަސް ނައިފަރުގައި

އައިޔޫއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވާހަކަ ދައްކަވަނީ. .— ފޮޓޯ: މިހާރު

ރާއްޖޭގެ ތިން ސަރަހައްދެއްގައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކެމްޕަސްތަކެއް ގާއިމްކުރަން ނިންމައި، މި ސަރަހައްދުގެ ކެމްޕަސް ޅ. ނައިފަރުގައި އަޅާގޮތަށް ހަމަޖެހިއްޖެ އެވެ.

އެ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު “މިހާރު” އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޅ. ނައިފަރުގެ އިތުރުން ސ. ފޭދު އާއި ފުވައްމުލަކުގައި އައިޔޫއެމްގެ ކެމްޕަހެއް ގާއިމްކޮށް އަންނަ ޖެނުއަރީ މަހު ކިޔެވުން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ޖެނުއަރީ މަހުގެ ކިޔެވުން ފަށަން ހަމަޖައްސާފައިވަނީ، އެ ރަށްރަށުގައި މިހާރު ހުރި އިމާރާތްތަކުގަ އެވެ.

ނަމަވެސް އައިޔޫއެމްގެ ރަސްމީ ކެމްޕަސް، އެ ރަށްރަށުގައި ފަހުން ގާއިމްކުރާނެ ކަން ޝަހީމް މިހާރު ނޫހަށް މިއަދު ދީފައިވާ އިންޓަވިއުގައި ފާހަގަކުރެއްވި އެވެ.

“އެ ރަށްރަށުގެ ރައްޔިތުންނާއި މަޖިލިސް މެމްބަރުންގެ ވަރަށް ބޮޑު އެއްބާރުލުން ލިބޭ. ފުވައްމުލަކާއި ނައިފަރުން އިމާރާތް ލިބިފައިވާ އިރު އައްޑޫ ކެމްޕަހަށް އެ ރަށުގެ ވިޔަފާރިވެރިންގެ އެހީތެރިކަން ލިބޭނެ،” ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އައިޔޫއެމްގެ މައި މަރުކަޒުގައި ކުރި އަށް ގެންދާ ހުރިހާ ކޯސްތަކެއް، އެހެން ކެމްޕަސްތަކުގައި ވެސް ފެށޭތޯ ބައްލަވާނެ ކަމަށެވެ. ނަމަވެސް އެ ރަށްރަށުގައި ލެކްޗަރާ އިން ތިބި ދާއިރާތަކަށް އިސްކަންދޭނެ ކަމަށް ވިދާޅުވި އެވެ.

މިއީ މާލެ ފިޔަވައި އެހެން ރަށްރަށުގައި އައިޔޫއެމް އިން ކެމްޕަސް ގާއިމްކުރާ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.