ސަރުކާރު މުއައްޒަފުންގެ ރޯދަ އެލަވަންސް ޖުލައި 7 އަދި 8 ގައި

ވެލާނާގޭ ބިލްޑިންގ. މާލޭގައި އެންމެ ގިނަ ސަރުކާރުގެ އޮފީސް ހުންނަނީ މި ޢިމާރާތުގައި
ވެލާނާގޭ ބިލްޑިންގ. މާލޭގައި އެންމެ ގިނަ ސަރުކާރުގެ އޮފީސް ހުންނަނީ މި ޢިމާރާތުގައި

 

 

 

 

 

 

 

 

 

މުއައްޒަފުންނަށް ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ޚާއްސަކޮއްގެންދޭ ރަމަޟާން އެލަވަންސް މިއަހަރު ދޭނީ އަންނަ ޖުލައި މަހުގެ 7 އަދި 8 ވަނަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު ސޮއި ކުރައްވާ އޮފީސްތަކަށް ފޮނުވާފައިވާ ސަރކިއުލަރ އެއްގައި ބުނެފައިވަނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ރޯދަ މަހުގެ އެލަވަންސްގެ ގޮތުގައި ދޭނީ ވަޒީފާ އާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން މުސާރައިގެ ތިންބައި ކުޅަ އެއްބައި ކަމަށެވެ. އަދި ގާނޫނުގެ ދަށުން މުސާރައިގެ ތިންބައިކުޅަ އެއްބައި 2،000ރ. އަށް ވުރެ ކުޑަ ނަމަވެސް އެލަވަންސްގެ ގޮތުގައި 2،000ރ. ލިބޭނެ ކަމުގަ އެވެ. އަދި އެލަވަންސް 10،000ރ. އަށް ވުރެ ބޮޑުވާނަމަ ދޭނީ 10،000ރ. ކަމަށްވެސް އެ ސަރކިއުލަރގައި ބުނެފައި ވެއެވެ.

ރަމަޟާން މަހުގެ އެލަވަންސް ހޯދުމަށް މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ކަމަށާއި އެ ފައިސާ ވަނީ ބަޖެޓުގައި ހިމެނިފައި ވޭތޯ ޔަގީން ކުރުމަށްވެސް ފިނޭންސްގެ ސަރކިއުލަރގައި ބުނެފައިވެއެވެ.

އެލަވަންސް ދިނުމުގައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރޭގައި ރޯދަ މަހުގެ ވަކި ހިސާބަކުން ވަޒީފާއަށް ވަންނަ ނަމަ، އެލަވަންސް ލިބޭނީ އެމީހަކު ރޯދަމަހު މަސައްކަތް ކުރި ދުވަސް ތަކަށެވެ. އަދި ރޯދަމަހުގެ ވަކި ހިސާބަކުން ވަޒީފާއިން ވަކިވާ މުއައްޒަފުންނަށްވެސް އެލަވަންސް ލިބޭނީ އެމީހަކު މަސައްކަތް ކުރި ދުވަސްތަކަށެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.