އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު ފަށަނީ

މިދިޔަ އަހަރު ރިސޯޓް މުބާރާތުގައި ކުޅެނީ

ބ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތް އަނަންތަރާ އާއި މިލައިދޫ ބައްދަލުކުރާ މެޗުން މިއަދު އޭދަފުށީގައި ފަށާނެ އެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ ހަތް ޓީމު ބައިވެރިވިއިރު، ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. ގްރޫޕް އޭގައި ހިމެނެނީ ކިހަވައް ސްޓައިކާސް އާއި މިލައިދޫ އައިލެންޑް އާއި ފޯ ސީޒަން މޯލްޑިވްސް އަދި ޓީމު ސޮނެވާފުއްޓެވެ.

ގްރޫޕް ބީ ގައި ހިމެނެނީ ޑުސިޓް ތާނީ މޯލްޑިވްސް އާއި ޓީމު ކިހާ އަދި ދި ސްމޯލް މޯލްޑިވްސް އައިލެންޑް އެވެ.
މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށެވެ.

މިއީ މި މުބާރާތުގައި އެންމެ ގިނަ ރިސޯޓްތަކުން ބައިވެރިވި އަހަރެވެ.

މި މުބާރާތަކީ ބ. އަތޮޅުގެ ރިސޯޓްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، އިޖުތިމާއީ ރޫހާއި ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި މީގެ ފަސް އަހަރު ކުރިން ކްލަބް ކޮމްބިނޭޝަން (ސީސީ) އިން ބާއްވަމުން އައި މުބާރާތެކެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން މި މުބާރާތް ބާއްވަމުން އަންނަނީ އޭދަފުށީ ޒުވާނުންގެ ކްލަބުންނެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރަށް ހޯދީ ސޮނެވާފުށި ރިސޯޓް އެވެ. އެ ޓީމު ވަނީ ޖެހިޖެހިގެން ތިން އަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ދެން މި މުބާރާތް ކާމިޔާބުކުރީ އަނަންތަރާގެ އިތުރުން އިތުރުން ދި ސްމޯލް މޯލްޑިވްސް އައިލެންޑް (އަމިއްލަފުށި/ފިނޮޅު ރިސޯޓް) އެވެ.

ޒުވާނުންގެ ކްލަބުން ބުނި ގޮތުގައި މި މުބާރާތުގެ ޗެންޕިއަން އަދި ރަނައަޕް ޓީމަށް އަންނަ އަހަރުގެ އަޟްހާ އީދުގައި ބާއްވާ އޭދަފުށީގައި ޕްރެންޑްލީ ޔޫތް ކަޕްގައި ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.