ފޯސީޒަން އަތުން ސޮނެވާ އަށް ފަސޭހަ މޮޅެއް

ރިސޯޓް މުބާރާތުގައި ސޮނެވާ އާއި ފޯ ސީޒަން ކުޅުނު މެޗުގެ ތެރެއިން: ފޯސީޒަންގެ ކުޅުންތެރިއަކު ސޮނެވާގެ މަޖިއްޓޭ ކައިރިން ބޯޅަ ގެންދަން މަސައްކަތް ކުރަނީ.

އޭދަފުށީގައި މިހާރު ކުރިއަށްދާ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ފޯ ސީޒަން މޯލްޑިވްސް އަތުން 3-0 އިން ސޮނެވާފުށި ފަސޭހަ މޮޅެއް ހޯދައިފި އެވެ.

ސޮނެވާއަށް ލީޑުނެގީ މެޗުގެ 18 ވަނަ މިނިޓްގައި އެ ޓީމުގެ އަޒީމު ކާމިޔާބުކޮށްދިން ލަނޑުންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ސޮނެވާގެ ލީޑުފުޅާކޮށްދިނީ ހަސަން ސުޖާއު އެވެ.

ސޮނެވާގެ ފަހު ލަނޑު މެޗް ނިމެން 17 މިނެޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ފާލިހްއެވެ.

މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ސޮނެވާގެ ހަސަން ސުޖާއު އަށެވެ.

ރިސޯޓް މުބާރާތުގައި ސޮނެވާ އާއި ފޯ ސީޒަން ކުޅުނު މެޗުގެ ތެރެއިން:

އޭދަފުށީ ޒުވާނުންގެ ކްލަބުން އިންތިޒާމްކުރާ މި މުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ޑްސިޓް އާއި ކިހާދު މޯލްޑިވްސް އެވެ. މެޗު ފަށާނީ ހަވީރު 15:50 ގަ އެވެ.

މިމަހުގެ 16 އިން 28 ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަތޮޅުގެ 7 ރިސޯޓަކުން ވާދަކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.